ދުނިޔޭގެ ގިނަ ޒުވާޏުންގެ މެދުގައި މަގުބޫލު ގޭމެއް ކަމަށްވާ ޕްލެޔާ އަންނޯން ބެޓަލް ގްރައުންޑް ނުވަތަ އާއްމު ނަމުންނަމަ ”ޕަޕްޖީ“ އިން ކޭ ޕޮޕް ގްރޫޕް ބްލެކް ޕިންކާއި އެކު މަސައްކަތް ކުރަން ނިންމާ އެކަން އިއުލާނު ކޮށްފިއެވެ.
ބްލެކްޕިންކާއި ޕަބްޖީ އެކުގައި މަސައްކަތް ކުރަން ފެށުން ފާހަގަކުރުމުގެ ގޮތުން ޕަބްޖީގައި ބުލެކްޕިންކުގެ ވީޑިއޯއެއްވެސް އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހާއި ހަމައަށް ފެންނާނެއެވެ. އަދި މިހާރު ޕަޕްޖީއިން ވަނީ މިބޭންޑުގެ ތަރިންގެ ކޮސްޓިއުމްތައް ވެސް ލިބޭނެ ގޮތަށް ގޭމު އަޕްޑޭޓް ކޮށްފައެވެ. މީގެ އިތުރުން ގޭމުގެ ލޮބީގައި ހުންނައިރު ކުޅުން ތެރިންނަށް މިހާރުން ފެށިގެން އިވިގެންދާނީ އެގްރޫޕްގެ ލަވައެއް ކަމަށްވާ “ހަވް ޔޫ ލައިކް ދެޓް“ ލަވައެވެ.
އެހެން ނަމަވެސް އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެ ގްރޫޕުން ނެރުމަށް ހަމަޖެހިފައިވާ އައު ލަވަ ރިލީޒް ކުރުމަށްފައި ޕަޕްޖީގެ ލޮބީ އިން އިވިގެންދާނީ އެލަވަ ކަމަށް އެގޭމުން ވަނީ ބުނެފައެވެ. ޕަބްޖީގެ ލޮބީގައި ބުލެކްޕިންކުގެ ލަވަ ބޭނުން ކުރުމުގެ އިތުރަށް ޕަބުޖީއިން ބުލެކްޕިންކާއި ގުޅުންހުރި އައު ރިވާރޑްސްތަކެއް ވެސް ލިބެން ހުންނާނެއެވެ.
ބުލެކްޕިންކުގެ އެޖެންސީ ވައިޖީ އެންޓަޓެއިންމަންޓާއި ޕަބްޖީ މޯބައިލްއިން ބުނެފައިވަނީ ބުލެކްޕިންކުގެ އައު ލަވަ ނެރުމަށްފަހު އަދި ވެސް އިތުރަށް ހުރި ބައެއް އިވެންޓްތައް ހިއްސާކުރާނެކަމަށެވެ.