ކޮވިޑްގެ މި ހާލަތުގައި އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ ވެރިކަމުގައި ނެތްކަމީ މާތްﷲ ގެ ރަޙްމަތެއްކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.
އިބްރާހިމް މުޙައްމަދުދީދީ މިހެން ވިދާޅުވީ މިހާރު މި އޮތް ކޯލިޝަން ސަރުކާރަށް ޕީއެންސީގެ އިންތިޤާލީ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ފާޑުކިޔުއްވުމާއި ގުޅިގެންނެވެ. މި ގޮތުން ޢަބްދުއްރަޙީމް ވަނީ ވަރަށް ވަރުގަދައަށް ފާޑުކިޔުއްވާފައެވެ.
ޢަބްދުއްރަޙީމް ވަނީ ކޯލިޝަން ސަރުކާރުގެ ކާމިޔާބަކީ ރާއްޖޭގެ އިޤުތިޞާދު އިނދަ ޖައްސައިލުންތޯއާއި ޚަޒާނާ ދޮވެލުންތޯއާއި ޝަރުޢީ ނިޒާމް ފުނޑައިލުންތޯ ސުވާލުކުރައްވާފައެވެ. އަދި ކޯލިޝަން ސަރުކާރުގެ ކާމިޔާބަކީ ރައްޔިތުން ބިކަކޮށް ނިކަމެތި ކުރުންތޯއާއި ޒުވާނުން މަގުމަތި ކުރުންތޯއާއި ރާއްޖެ އަޅުވެތި ކުރުންތޯ ވެސް ސުވާލުކުރައްވާފައެވެ.
އޭގެ އިތުރުން ޢަބްދުއްރަޙީމް ވަނީ ކުރީގެ ރައީސް ޔާމީނަށް ނުޙައްޤުން އަނިޔާ ކުރަމުން ގެންދިއުމަކީ ވެސް ކޯލިޝަން ސަރުކާރުގެ ކާމިޔާބެއްތޯ ސުވާލުކުރައްވާފައެވެ.
”ކޯލިޝަން ސަރުކާރުގެ ކާމިޔާބަކީ ޤައުމުގެ އިގްތިސޯދު އިނދަ ޖައްސާލުންތޯ؟ޚަޒާނާ ދޮވެލުންތޯ؟ޝަރުޢީ ނިޒާމް ފުނޑާލުންތޯ؟ރައްޔިތުން ބިކަކޮށް ނިކަމެތި ކުރުންތޯ؟ޒުވާނުން މަގުމަތި ކުރުންތޯ؟ ނުވަތަ ޤައުމު އަޅުވެތި ކުރުންތޯ؟ނޫނީ ވިއްޔާ ރައީސް ޔާމީނަށް ނުޙައްޤުން އަނިޔާ ކުރަމުން ގެންދިއުންތޯ؟“ (ޢަބްދުއްރަޙީމް)
ޢަބްދުއްރަޙީމްގެ މި ވާހަކަތަކަށް ހޫނު ރައްދެއް ދެއްވަމުން އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ ކޮވިޑް-19 ދުނިޔެއަށްއައީ 2020 ވަނަ ބަޖެޓުގައި ހިމެނިގެން ނޫންކަމަށެވެ. އަދި އެޑްވާންސްކޮށް އެއްވެސް ޤައުމަކަށް ނޯޓިސްއެއް ނާންނަކަމަށް ވެސް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވިއެވެ.
އޭގެ އިތުރުން އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ ކޮވިޑުގެ މި ހާލަތުގައި އެއްވެސް ޤައުމަކަށް އިޤުތިޞާދީ, އިޖުތިމާޢީ ހާލަތަށް ފާޑުނުކިޔޭނެ ގޮތަކަށް ރަމަތަ(މައިތިރި)ނުކުރެވޭ ކަމަށެވެ. އަދި ކޮވިޑްގެ މި ހާލަތުގައި އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ ވެރިކަމުގައި ނެތްކަމީ މާތްﷲ ގެ ރަޙްމަތެއްކަމަށް ވެސް އިބްރާހިމް މުޙައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.
ތީ ހަމަ ތެދެއް. އެމްޑީޕީ ގެ ނޮހޮރޮއްޕާން ރައްޔިތުންނަށް ވަރަށް ބޮޑުވީސް މިހާލަތުގަ އިދިކޮޅު ވެރިކަމުގައި އޮތްނަމަ. ހުރިހާ ކަމެއްވެސް މެދުވެރި ވާނީ ރަނގަޅަށް. ކަލޭމެންގެ ވެރިކަމުގަ ކޮވިޑް އަންނަން މިންވަރުގަ އޮތީމަ އައީ. އިދިކޮޅުގަ ތިބިމީހުން ވަރަށް ކެއްތެރި. ކަލޭމެންނަކަށް ކެތެއްނުކުރެވޭނެ. އެބައި މަދުވާނެ އެމްޑީޕީ މީހުންގެ. އެބައި ހަމަޖައްސަން ކަލޭމެން ދުވާނީ ހުޅުޖަހަމުން، ގަންޖާ ހިއްޕަވަމުން.. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ
ބްރިގޭޑިއާ ބުރާންތި
Mee jurigothah huri jaahileh. Mdp ge verikamuga sifainge zimmaadhaaru magaamehga hure qaumah gahdhaaruvi meeheh mee. Mikamuge hehkakee koatah birun sifainge in amilla ah vekive dhen mdp ge ekutivistakah meenaaveekan.
Ehen vidhaalhu vi sababu
ves bayaan kurevvi nama emeehun veri kamuga thibi nama vaane gothe lafayaka ves vidhaalhu vi nama that thi vidhaalhu vi bahu ge are huree hee
Dee deege hiyalah AaMeen