ގދ.ތިނަދޫން ކޮވިޑް-19 އަށް ކުޑަކުއްޖަކު ޕޮޒިޓިވްވެއްޖެއެވެ.
ތިނަދޫން ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ޢުމުރުން 09 އަހަރުގެ ކުއްޖެކެވެ.
މި ގޮތުން އެ ކުއްޖާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހެދި ޓެސްޓުގެ ނަތީޖާއިންނެވެ.
ތިނަދޫން ނުވަ އަހަރުގެ ކުއްޖެއް ޕޮޒިޓިވްވެފައިވާއިރު މީގެ ކުރިން އެ ރަށުން ތިން މީހުން ޕޮޒިޓިވްވެފައިވެއެވެ. ނަމަވެސް މިހާރު އެ އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިއަދު ފެންމަތިވި ކޭހާއި ގުޅިގެން ތިނަދޫގައި ހުންނަ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުރިހައި ފަރާތްތަކުން ކަރަންޓީނުގެ އުސޫލުތަކަށް އަމަލުކުރުމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަކޮށްފައެވެ.