ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.
ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ މިރޭ 20:45 ގައެވެ.
މި ކަން އަންގަވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެ ރަށު ކައުންސިލަށް ފޮނުވި ލިޔުމުގައިވަނީ ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި މޮނިޓަރިންއަށް ލާފައިވާކަމަށެވެ.
މިގޮތުން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެ ރަށުގައި މި ވަގުތު ތިބި މީހުން ރަށުން ފޭބުމާއި އެ އެޖެންސީގެ ހުއްދައެއް ނެތި އެ ރަށަށް އެރުން ވަނީ މަނާކޮށްފައެވެ.
އެހެންކަމުން އެޗްޕީއިން އަންގާގޮތެއްގެ މަތިން ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވުމަށް އެ ރަށު ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވެއެވެ.