ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ފައިޞަލް އިންތިޚާބުވެއްޖެއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ފައިޞަލް އިންތިޚާބުވީ މިއަދުގައެވެ.
ފައިޞަލް އިންތިޚާބު ކާމިޔާބު ކުރެއްވީ 15 ފުލް މެންބަރުންގެ ވޯޓާއި އެސޯސިއޭޓް މެންބަރުންގެ ވޯޓާއެކު 16 މެންބަރުންގެއިއްތިފާޤުންނެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ފައިޞަލް އިންތިޚާބުވެފައިވާއިރު އެކްސްކޯގެ ނައިބު ރައީސްކަމަށް އިންތިޚާބުވީ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި ހިންގާ ކޮމިޓީގެ މެންބަރު އަޙްމަދު ޙުސައިން(ކުޑަދޮނާ) އެވެ.
އޭގެ އިތުރުން އެސޯސިއޭޓް މެންބަރުންގެ ތެރެއިން ހޮވުނީ ބިލަބޮންގ އިންޓަރނޭޝަނަލް ސުކޫލުގެ ފާޠިމަތު ރިޒްނާއާއި އިސްކަންދަރު ސްކޫލުގެ އަޙްމަދު ޢާމިރެވެ. ފަރުދީ މެންބަރުކަމަށް ހޮވުނީ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަޙްމަދު ކަލީމެވެ.
ހަމައެއާއެކު ފުރިހަމަ މެންބަރުކަމަށް ވާދަކުރި 04 މެންބަރުން ހޮވިފައިވާއިރު އެއީ ސީބީއެލް ސްޕޯޓްސްގެ މުޝްތާޤު އަޙްމަދު ދީދީއާއި ނިއުސްޓާރ ސްޕޯޓްސްގެ މޙައްމަދު އަޝްރަފާއި އޮފްއެފްސީގެ ޢަބްދުﷲ ސައުދާނާއި ހިންނަވަރު ހިރިޔާގެ މުޙައްމަދު ރިޔާޒެވެ.