ރާއްޖެއިން ކޮވިޑް-19 އިގެ އިތުރު 31 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އިތުރު 31 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މި ގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވި 26 މީހުންނާއި އަތޮޅުތަކުގެތެރެއިން ޕޮޒިޓިވްވި 05 މީހުންގެތެރޭގައި 25 ދިވެހިންގެ އިތުރުން 06 ބިދޭސީން ހިމެނޭކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެހެންކަމުން ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދުޖު މިހާރު 10045 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވޭތުވެދިޔަ ސައުވީސް ގަޑިއިރުތެރޭގައި އިތުރު 81 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށާއި ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު 8754 އަށް އިތުރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
އެ ގޮތުން މިހާރު ފަރުވާދެމުން އަންނަނީ 1250 މީހުންނަށްކަމަށާއި އެ މީހުންގެތެރެއިން 84 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް އެޗްޕީއިން ބުނެއެވެ.
ރާއްޖެއިން މިހާތަނަށް 10045 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 34 މީހަކު ވަނީ ނިޔާވެފައެވެ.