އަންގާރަ, މާރޗް 9, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޝަކުވާ ނުކުރައްޗޭ! – 07

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ސެޕްޓެމްބަރ 27, 2020
ވާހަކަ
0
ޝަކުވާ  ނުކުރައްޗޭ!

ހަތްވަނަ ވަނަ އެޕިސޯޑު

ADVERTISEMENT

       ނަދީމު އެހެން ބުނުމާއެކު ޖުމާނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ޖުމާނާ އެއްބަސް ވުމުން ނަދީމު ވަރަށް އުފާވިއެވެ. “ އަތް އަތްމަތީގެ އޮށޯވޭ، ފަތަން ދަސްވެދާނެ.“  ދެއަތް ލޮނުގަނޑުގެ ތެރެއަށް ދަމާލުމާށް ފަހު ނަދީމު ބުންޏެވެ. ޖުމާނާ ނަދީމުގެ ދެއަތް މަތީގައި އޮށޯތެވެ. އަދި ނަދީމު ބުނާ ގޮތަކަށް ހަރާކާތްތައް ކުރަމުން ފަތަން މަސައްކަތް ކުރަމުން ދިޔައެވެ. ނަދީމު ބެލީގެ ޖުމާނާއާއި ވީހާ ވެސް ބޮޑަށް ގައިގޯޅި ވެވޭތޯއެވެ. އަދި ޖުމާނާގެ ވަނާތަކުގަ އަތް ބީއްސާލެވޭތޯއެވެ. އެގޮތުން ދޭތެރެދޭތެރެއިން ނަދީމު އެގޮތަށް އަމަލު ކުރަމުން ގެންދިޔައެވެ. ނަމަވެސް ފަތަން ދަސްކުރަން ބޭނުންވެފައި ވާލެއް ބޮޑުކަމުން ޖުމާނާއާށް އެކަން އިޚްސާސްއެއް ނުކުރެވެއެވެ. ވަގުތުތައް ފާއިތުވަމުން ގޮސް ގަޑިއެއްހާއިރު ވީފަހުން އެކޮޅުގައި ތިބި ޖައިލަމްމެން ވެސް އެއްގަމަށް އަންނަން ފަތައިގަތެވެ.  ހީވަނީ އެމީހުން މޫދަށް އެރި ނިންމާލީ ހެންނެވެ. އެމީހުން އަންނަތަން ފެނުމާއެކު ނަދީމުގެ ހިތް އަވަސްވިއެވެ. ”.  ޖުމާނާގެ ހަށިގަނޑުގައި ބީހިލެވުމުން ނަދީމުއަށް ލިބެންދިޔަ ހިތްހަމަ ޖެހުމަށް ނިމުމެއް އަންނަނީކަން އެނގޭތީއެވެ. ނަދީމު ކުރަން ބޭނުންވި ވަރާ ގާތަށް ވެސް އަދި ކަމެއް ނުކުރެވޭތީއެވެ. ނަދީމު ވިސްނާލިއެވެ. އަދި ޖައިލަމެންނަށް ބަލާލިއެވެ. އޭރު އަދި ޖައިލަންމެން ތިބީ  ތަންކޮޅެއް ދުރުގައެވެ. ނަދީމުމެންނާ ހަމައަށް އަންނަން އަދިވެސް ފަސްވަރަކަށް މިނެޓް ނަގާނެ ކަންނޭނގެއެވެ. ނަދީމު ވަކިންބޮޑަށް ޖުމާނާއާއި ގައިގޯޅިވެލިއެވެ. އަދި ޖުމާނާ ގެނެސް ނަދީމުގެ ގަޔާލާ ފިއްތާލިއެވެ. ނަދީމު ބަލާލީ ޖުމާނާ ދެކޮޅު ހަދާތޯއެވެ. ނަމަވެސް ޖުމާނާ އަޅާވެސް ނުލުމުން އެންމެ ފަހުން ނަދީމުގެ އެތެރެހަށީގައި ހިނގަމުން ދިޔަ ޝައިތާނީ ވަސްވާހުގެ އޮއެވަރު ވަކިން ގަދަވިއެވެ. އެންމެފަހުން ނަދީމުގެ އަތް ކޮންޓްރޯލުން ނެއްޓި ޖުމާނާގެ ގުނަވަނެއްގައި ހިފުނެވެ. “ އާތް ! “ ތޫލި ހަޅޭކުގެ އަޑެއް ޖުމާނާގެ ކަރުބުޑުން ނުކުތުމާއެކު ޖުމާނާ ތެޅިގަތެވެ. ނަދީމު ވަގުތުން ޖުމާނާގެ ގައިން  ދޫކޮށްލިއެވެ. ޖުމާނާގެ ފައި ވެލިގަނޑުގައި ޖެހުމާއެކު ޖުމާނާ ނަދީމުއަށް ބަލާލިއެވެ. “ ސޮރީ!، ނުބައިތަނެއްގަދޯ މިއަތް ލެވެނީ، ސޮރީ އިނގޭ!، ނަދީމްބެ އުޅުނީ އެމީހުން އަންނާތީ ފެތުން ހުއްޓުވާފައި ޖުމާނާ ކޮޅަށް ބަހައްޓަން ، ބަހައްޓަން އުޅެނިކޮށް ނޭނގި ހިފުނީ، ސޮރީ އިނގޭ “ . ނަދީމު އެހެން ބުނުމުން ޖުމާނާ ރަކިވިއެވެ. ދެން ބޯޖަހާލާފައި ނަދީމުއާ ދުރަށް ޖެހިލިއެވެ. އަދި ޖައިލަމްމެން ތިބި ދިމާއަށް ބަލާލިއެވެ. ނަދީމު އަނެއްކޮޅަށް އެނބުރުނެވެ. އަދި އެކަން އެގޮތާށް ކުރެވުނީތީ އުފާވެފައި  ނުލަފާ ވައްތަރަކަށް ހިނިތުން ވެލިއެވެ. ދެން އަނެއްކާވެސް ޖައިލަންމެން ކިހާ ހިސާބަކާށް އަތުވެއްޖެތޯ ބަލާލުމުގެ ގޮތުން އެކޮޅަށް އެނބުރުނެވެ. އޭރު އެމީހުން އައިސް ނަދީމުމެންނާ އަރާ ހަމަ ވަނީއެވެ. އެމީހުން އައުމުން އެންމެން އެއްކޮށް އެއްގަމަށް ދާން ހިނގައިގަތެވެ.

           ބޮކި ނިއްވާލުމާށްފަހު ޖުމާނާ އެނދުގައި އޯށޯތެވެ. އޭރު ޖައިލަމްއާއި ޖާވިދު ވެސް އޮތީ ނިދާފައެވެ. ޖުމާނާ ރަނގަޅަށް ހަމަޖެހިލާ ނިދާތޯ އުޅުނެވެ. އެހެންވެ ދެކޮޅުދެކޮޅަށް ފުޅޮޅިލަފުރޮޅިލާ  އޮތެވެ. އުޅެއުޅެ ޖިމާނާގެ ގާތަކަށް ނިންޖެއް ނައެވެ. ހަމަ އުނދަގޫ ވަނީ އެވެ. ފާޑެއްގެ ގޮތެއް ވަނީ އެވެ. ހިތް ނުތަނަވަސް ވަނީ އެވެ. ބިރުގަންނަނީއެވެ. މިއަދު މޫދުން ދިމާވި ކަންތަކާ ހެދިއެވެ. އެކަމާ ނުވިސްނަން އުޅުނަސް ހަމަ ވިސްނެނީއެވެ. ޖުމާނާގެ މައްމަ މަރިޔަންދީގެ ގާތުގައި އެވާހަކަ ބުނަންވެސް ކިތަންމެ ފަހަރަކު ޖުމާނާގެ ހިތަށް އަރައެވެ. “ ނުބުނާނަން، އެކަކު ކައިރިވެސް ނުބުނާނަން، ބުނެފިއްޔާ ބޮޑު މައްސަލަ ގަނޑަކަށް ކަންނޭނގެވާނީ، ބުންޏަސް މައްމަ ގަބޫލެއްވެސް ނުކުރާނެ ކަންނޭނގެ، އެހެން ނޫނަސް ބުނާކަށް ނުވެސް ވާނެކަންނޭނގެ، ކޮންމެ ގޮތެއްވިއަސް އެއީ މަގޭ ބޮޑުބޭބެ، މައްމައާ އެއްބަފާ މައްމަގެ ކޮއްކޮ، ކޮންމެ ގޮތެއްވިއަސް ނަދީމްބެއާ މަށާ ކައިވެނިވެސް ހެވެއްނުވާނެއެއްނު، އަނެއްކޮޅުން މަށަށް ވުރެން 13 އަހަރު ބޮޑުވެސް ވާނެވިއްޔަ. އެވަރު މަށަށްވެސް އެނގެންޖެހޭނެ ކަންނޭނގެ، ނަދީމްބެވެސް ގަސްދުގައި އެކަހަލަ ކަމެއް ނުކުރާނެ، ކުރާކަށް ނުވެސް ކެރޭނެ ކަންނޭނގެ،އޫނ……….ކީކޭދޯ ބުނާނީ ؟އަނެއްކާ އެއްޗެއް ބޮއެގެން ކަންނޭނގެ އޭރު އެހެރީ، މީހުން ކިޔާވިއްޔަ މިހާރުވެސް ބޮއޭ، އަހަންނަށްވެސް ހީވޭ ބައެއް ދުވަސްދުވަހު ބޮއެގެން ހުންނަހެން، ބޮއެގެން މަސްތުވެފައި ހުންނަ ވަގުތެއްގެ ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭނެއެއްނު. ދެން ހެޔޮ ގަސްތުގަވިއަސް އޮޅިގެން ވިއަސް މަށެއް ނޫޅެން އެކަކު ގާތުގަވެސް ބުނާކަށް “ ޖުމާނާގެ ވިސްނުން އެކިފަހަރު އެކިގޮތަށް ބަދަލުވޭވެ ، އެކިފިކުރައި އޮއްވާ ޖުމާނާއަށް ނިދިއްޖެއެވެ.  

                މޫސުން ރަނގަޅު އަވިގަދަ ދުވަހެކެވެ.  ރަށުގެ ބަނދަރުމަތީ ޖެޓީމައްޗަށް އެކިބާވަތުގެ މުދާ ޖަމާ ކުރަމުން ދެއެވެ. ރަށުން ލިބެން ހުރި މަދަލެވެ. ކެޔޮގަނޑުތަކާއި ކާށި ބަސްތާތަކެވެ، ކުރުނބާ އިހާތަކާއި ޑަބިޔާތާއި ވަރުވަރުގެ ކަރުދާސް ފޮށިގަނޑުތަކެވެ.ޕިކަޕް ފަހަރު ގައްޔާއި އަތް ގާޑިޔާ ތަކުގައްޔާއި، ވީލްބަރޯ ފަދަ ތަކެތީގައެވެ. ބައެއް މީހުން ކޮނޑުގައި ވެސް ބައެއްތަކެތި ގެންނަމުން ދެއެވެ. ގެންނަވަރަކަށް ޖެޓީއަށް ލަފާފައި އޮތް ބޯޓަކަށް އެމުދާތައް އަރުވަމުން ގެންދެއެވެ. ހީވަނީ މާލެއަށް ފުރަން ތައްޔާރު ވާހެންނެވެ. އާނއެކެވެ. އެއީ މާލެ ދަތުރުކުރާ ބޯޓެކެވެ. އެބޯޓު އެތައްޔާރުވަނީ މިއަދު މާލެ ފުރާށެވެ.

                ޖެޓީ ދޮށަށް ވޭނެއް އައިސް މަޑުކޮށްލިއެވެ. އެވޭނުން ފޭބީ ރާމިޒުއެވެ، ރާމިޒުގެ ކޮނޑުގައި އަތްދަބަސް އޮތެވެ. ރާމިޒުގެ ފަހަތުން މަރިޔަންދިޔާއި ޖުމާނާވެސް ފޭބިއެވެ. ޑަރައިވަރު ވޭނުގެ ފަހަތު ދޮރު ހުޅުވާލުމަށްފަހު ކުޑަވަރެއްގެ ދަބަހެއް ނަގާ ރާމިޒުމެން ގާތުގައި ބެހެއްޓިއެވެ.ދެން ޑްރައިވަރު ގޮސް ވޭނަށް އަރާ ވޭން ނައްޓާލައިފިއެވެ. ރާމިޒު އެދަނީ މާލެއަށެވެ. ވިޔަފާރި ދަތުރެއްގައި ފިހާރައަށް ބޭނުންވާ މުދާ ގަންނާށެވެ.  މޫސުން ރަނގަޅިއްޔާ ރާމިޒު އަބަދުވެސް މާލެދަތުރުކޮށް އުޅެނީ ކަނޑުބޯޓު ގައެވެ. މޫސުން ގޯސް ނަމަ ގަމު މަގުން ފްލައިޓުގައެވެ. ބަނދަރު މައްޗަށް ގެނެސްފައި ހުރި ހުރިހާ މުދަލެއް ބޯޓަށް އަރުވަންދެން ރަމިޒުއާއި މަރިޔަންދީއާއި ޖުމާނާގެ އިތުރުން ދެންމެސް މާލެ ދާން އައިސްތިބި ބަޔަކާއި އެމީހުންނާއެކު އައިސްފައި ތިބި ބަޔަކު ތިބީ މަޑު ކޮށްލައިގެންނެވެ. އެވަގުތު ރާމިޒު މަރިޔަންދިއާ ސަލާންކުރުމަށްފަހު ޖުމާނާގެ ކޮނޑުގައި ހިފާ ގާތްކޮށްލިއެވެ. “ ބަސް އަހައިގެން އުޅޭތި އިނގޭ، ކޮއްކޮމެން ސްކޫލުން އައިމަ ބުނާތި ބައްޕަ ބުންޏޭ ބަސް އަހައްޗޭ، މިފަހަރު ރަނގަޅު ހަދިޔާއެއް ގެނެސް ދޭނަމޭ، ޖުމާ ކޯއްޗެއް ބޭނުމީ؟ “ ރާމިޒު ވަރަށް ލޯބިން އެހިއެވެ. “ ރަނގަޅުވާނެ ކޮންމެ އެއްޗެއްވެސް ބައްޕައަށް ކަމުދާ އެއްޗެއް ވިއްޔާ އޯކޭ ވާނެ، މޭކަޕް ސެޓެއް ގެނެސް ދިނިއްޔާ ވަރަށް ރަނގަޅު. “ ޖުމާނާ ބުނަން ނުކެރިފައި ހުރެގެން ބުންޏެވެ. “ ބަސް އަހައިގެން ކިޔަވަންޏާ މޭކަޕް ސެޓެއް ގެނެސްދެވިދާނެ، ދެން ބޯޓަށް އަރަން ދަނީ އިނގޭ، ކަމަކު ބޭނުން ވިއްޔާ ނަދީމު ގާތުގައި ބުނޭ. ހިސާބު ނިންމާ ގަޑިޔަށް މަރިޔަންދީ ފިހާރައަށް ނުދިޔަސް ރަނގަޅުވާނެ. ނަދީމު އެކަން ކޮށްލާނެ. ކޮންމެ ރެއަކު ވެސް ފިހާރައިގެ ހިސާބުތައް ނިންމާފައި ލާރިކޮޅު ގެނެސްދޭނެ އެސޮރު. މިހާރު ދެން އިތުބާރު ވެސް ކުރަންވެއްޖެތާދޯ، އެކަމަކު ވެސް މިރަށުމީހުން ދައްކާ ވާހަކައިން އެމީހުން ބުނޭވިއްޔަ މިހާރުވެސް ބޮޔޭ.ނަދީމު ވަރަށް ފާޑަކަށް ބުންޏެވެ. ނަދީމުގެ ވާހަކަ ދައްކަން ފެށުމުން ޖުމާނާ ހިތްހަމަ ނުޖެހުނެވެ. އަދި ތަންކޮޅެއް ދުރަށް ޖެހިލިއެވެ. “ އެއީ މިރަށު މީހުންގެ ވައްތަރެއްނު، އަބަދުވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން މީހުންގެ މަސް ކެއުން ކަމަކީ، ރަނގަޅަށް އުޅޭތީ ކަންބޮޑުވެގެން އެއުޅެނީ، ފިހާރައިގެ އޭނަ ބައިންދާގެން ވެސް މިހިސާބު މީހުން ހީވަނީ އެހެންފަދަ ކަމެއް ވެގެން އުޅޭހެން، އެމީހުންނަށްތަ އެނގޭނީ އަހަރުމެންގެ ފިހާރައެއްގަ އަހަރުމމެން ބައިންދަން ޖެހޭ މީހާވެސް؟ ހަމަ ހަސަދަ ވެރިކަން ބޮޑީ. “ ބޯޓުގެ ވައު މޮހާލުމާއެކު ފުރަން ގޮސްތިބި އެންމެން ބޯޓަށް އަރައިފިއެވެ. ރާމިޒު ވެސް މަރިޔަންދިއާ ޖުމާނާއާ ސަލާން ކުރުމާށް ފަހު ގޮސް ބޯޓަށް އަރައިފިއެވެ. މަރިޔަންދީ ޖުމާނާގެ އަތުގައި ހިފައިގެން ގޭދޮށަށް ދާން ހިނގައިގަތެވެ.

         މިރެއަކީ ކަޅުފޮއެ މޫސުމެ ރޭތަކުގެ ތެރެއިން ރެއެކެވެ. ދިވެހިން ކިޔާގޮތުން ދިވެހި މަހުގެ ދެވަނަ ރެއެވެ. އިރު އޮއްސުމާއެކު އިރުގެ ފަހަތުން ފެންނަން ހުރި ހިމަހިމަ ރޮދިފަށެއް ފަދަ ހިމަ ހަނދު ވެސް ވަނީ އޮއްސިފައެވެ. އޭގެ ފަހުން ހުޅަނގު ފަރާތު އުދަރެހުން ފެންނަން ހުރި ރަތް ވިލާތައް ވެސް އޮއްސި ގެއްލުމާއެކު މުޅި ފަޒާގައި ވެސް ވަނީ އަނދިރި ސާލެއް ދަމާލެވި އަނދިރީގެ ފަރުދާއަކުން ފަރުދާކުރެވިފައެވެ. ކުއްލިއަކަށް މުޅި ރަށުން އެދިޔައީ ކަރަންޓެވެ. އެއާއެކު މުޅި މާހައުލައްވަނީ އިހުނަށްވުރެން ބޮޑަށް އަނދިރިކަން ވެރިވެފައެވެ. އޭރު ޖުމާނާ އިނީ ފިލާވަޅު ހަދާށޭވެ. ކަރަންޓު ދިއުމާއެކު ޖުމާނާ ވެސް އަދި މަރިޔަންދީ ވެސް ގެއިން ބޭރަށް ގޯތިތެރެއަށް ނުކުމެއްޖެއެވެ. އޭރުވެސް ބޭރު ޖޯލީގައި ތިބި ޖައިލަމްއާއި ޖާވިދު ޖޯލިން ތެދުވެގެން ގޮސް މަގުމައްޗަށް ނުކުންނަނީ އެވެ.

           މަރިޔަންދީ އާއި ޖުމާނާ ގޮސް ޖޯލީގައި އިށީނެވެ. މިތަން ވެސް ވަކި އައްޔެއް ނޫނެއްނު، ތަނެއެ ދޮރެއް ނޭނގެ. މިނޫން ވަރެއް ނުވޭވިއްޔަ ދުވަހަކުވެސް، ދެރެއިން އެއްރޭ ކަރަންޓު ކެނޑޭނެ. ރަނގަޅަށްވިއްޔާ  މުޅި ރަށުން ކަންނޭނގެ ކަރަންޓު އެދިޔެއީ، ޖުމާނާ ދޭބަލަ ފިހާރައަށް ގޮސް ދެތިން އުއްބައްތި ހިފައިގެން އަންނަން، ނަދީމްބެ ގާތުގައި ބުނޭ މައްމަ ބުންޏޭ ކަރަންޓު އައިމަ ލާރި ގެނެސް ދޭނަމޭ. ނޫނިއްޔާ ފޮތުގަ ޖަހާލިއަސް ވަރިހަމައޭ. “ މަރިޔަން އެއްފަހަރާ ފަތިވަރުތައް އަމުނާލިއެވެ. މަރިޔަންދީ އެހެން ބުނުމުން ޖުމާނާ މޫނު ކުނިކޮށްފައި ދެނަހުރި ކަމަށް ވެސް ނަހަދާ އިނނެވެ. “ ދެން އުއްބަތި ނުދިއްލިއަސް ރަނގަޅުވާނެ، އިރުކޮޅަކުން ކަރަންޓު އައިސްދާނެ ކަންނޭނގެ، ކަރަންޓު އަންނަންދެން މިތާ ތިބެވި ދާނެއެއްނު. ޖުމާނާ ދާން ބޭނުންނުވާކަން ހާމަ ކުރިއެވެ. “ އެހެންތަ ؟ މީނަވެސް ހާދަ ބޮޑު ވެއްޖެއޭދޯ މިހާރު، އިރުކޮޅަކުން އަންނާނެޔޭ !،  ނާންނާނެ، އިހަށްރޭވެސް ކަރަންޓު ދިއަ ގޮތަށް އައީ 4 ގަޑިއިރުފަހުން، ކޮންމެސް ޕެނެލްބޯޑެއް، ކޮންމެސް ސާކެޓެއް ބަޑި ޖަހައިގެން އަބަދު ވެސް އުޅޭނީ، ނޭނގެ މިހާރު އެނަދީމު ވެސް ފިހާރަ ބަންދުކޮށްފައި ނުދާކަމެއްވެސް، އިޝާ ނަމާދަށް ގޮވުމުގެ ކުރިން ދޭބަލަ ގޮސްފައި އަންނަން، ލައިގެން ކާނެއެއްޗެއް ވެސް ހެދޭނީ އަލިކަމެއް ހުރެގެނެއްނު.“ މަރިޔަންދީ ނުރުހިފައި ބުންޏެވެ. “ ދެން މައްމަ ދޭބަލަ، މަށެއް ނުވޭ އޭނަ ހުންނައިރު ފިހާރައަށް ދާހިތެއް، ވަރަށް ފޫހިވާ ފާޑަކަށް އުޅޭމީހެއް. “ ހިތުގައި ނަދީމުއާ ދޭތެރޭ އޮތް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. “ ކަތިންމެ ފޫހިވިއަސް އެހީ ކަލޭމެންގެ ބޮޑުބޭބެއަކަށް ނޫނީ ނުވާނެ،  މަގޭ ހިތަށް އަރާ މިރަށު މީހުން މީ ކިހިނެއް ވެފައި ތިބޭ ބައެއް ބާއޭ، އޭނަ އެއްއިރެއްގެ ފަތް ބުޔަސް މިހާރަކު ނުބޮޔެއްނު، ކޮންމެ މީހަކަށް ވެސް ޅައިރު ގޯސް ކަމެއެ ކުރެވިދާނެ، އެކަމުން ދުރުވީމަ އެކަން އެދިޔައީނު، އެހެނެކޭ ކިޔާފައި ތާއަބަދަށް އެކުދިން ވެސް އެކަހެރިކޮށް ބާކީކޮށްލާކަށް ނުވާނެ ކަންނޭނގެ. މަށަށް އެނގޭ ރާމިޒުގެ އެއްބަނޑު މީހުންނަށް ވަރެއް ވާކަން އެސޮރު ފިހާރައިގެ ބައިންދައިގެން، ހަމަ އަސަރެއް ކޮށްލާނީ،  އަންނާނަން އުއްބަތި ހިފައިގެން،  ކަލޭ އިނދޭ ކަލޭގެ ބޮޑުދައިތަމެންގެ އަޑު އަހައިގެން. މަށަށް ވަރިހަމަ.“ މަރިޔަންދީ އެހެން ބުނެފައި ތެދުވެގެން ހިނގައިގަތެވެ. މަރިޔަންދީ ގޮސް މަގުމައްޗަށް ނުކުމެއްޖެއެވެ. އަދި ފިހާރައަށް ބަލާލިއެވެ. ފިހާރާގައިވެސް  އެއްވެސް އަލިކަމެއް ނެތެވެ. ފިހާރައިގެ ދޮރު ވަނީ ލައްޕާފައެވެ.ޅި ން އ ކޮްނަން، ބުނ މަރިޔަންދީ މުޅި މަގަށް ބަލާލިއެވެ. ބައެއް ގޭގޭގެ ދޮރުން އެގޭގޭގައި ދިއްލާފައިވާ ބައްތީގެ ނުވަތަ އުއްބައްތިން މަގުމައްޗަށް ނުކުމެފައިވާ ރިވެލީގެ އަލިކަން ނޫނީ މަގުމައްޗަކުވެސް އެއްވެސް އަލިކަމެއް ފެންނާކަށް ނެތެވެ. މަރިޔަންދީ އެހެން ހުއްޓާ ފިހާރައިގެ އެތެރޭން ކޮންމެވެސް ވަރެއްގެ އައްޔެއްވިއެވެ. މަރިޔަންދީ ހައިރާންވެފައި ފިހާރައިގެ ބިތްލޫރި ގަނޑުގައި ލޯޖަހާލިއެވެ. ފެނުނު މަންޒަރަކުން މަރިޔަންދީގެ ދެލޯދިޔައީ ތަރަތަރަ ޖަހައިގެންނެވެ. ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.

                                          ނުނިމޭ

ގުޅުންހުރި ލިޔުންތައް

އަބަދުވެސް އިންތިޒާރު ކުރާނަން – 15

އަބަދުވެސް އިންތިޒާރު ކުރާނަން – 16

މާރޗް 9, 2021
ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 09

މާރޗް 7, 2021
ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 08

މާރޗް 3, 2021
އަބަދުވެސް އިންތިޒާރު ކުރާނަން – 15

އަބަދުވެސް އިންތިޒާރު ކުރާނަން – 15

މާރޗް 2, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ރައީސް ނަޝީދުގެ މިރޭގެ ފަރިއްކޮޅު މޫދު އަޑީގައި

    ރައީސް ނަޝީދުގެ މިރޭގެ ފަރިއްކޮޅު މޫދު އަޑީގައި

    0 shares
    Share 0 Tweet 0
  • އަނެކުންގެ އަޤީދާއާމެދު ގޮތް ކަނޑައަޅައި ޙުކުމް އިއްވާ ހަދަނީ ކޮންފަދަ ގަދަފަދަ ބާރަކައިގެންތޯ: ތޭރަ

    0 shares
    Share 0 Tweet 0
  • ”އަމިއްލަ ގެދޮރުހުރެ، ގެއިން ބޭރުކޮށްލެވިފައި“

    0 shares
    Share 0 Tweet 0
  • އިންތިޚާބު ބޯމަތިވީމަ ފްލެޓް ދޮންބެއާއި، ބަފާބެއާއި، މައިދައިތައާއި ހިވަނީ އެހެންކަމެއްހެން: މޫސަ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In