ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 24 ޕަސެންޓް ނިމިއްޖެއެވެ.
މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 38 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ހަމަކުރެއެވެ.
މިމަޝްރޫއުގެ ދަށުން 284 މީޓަރުގެ ބޭރު ތޮށްޓެއް ލުމާއި، 95 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި، 178 މީޓަރުގެ ރިވެޓްމެންޓް ޖެހުން ފަދަ ކަންތައް ހިމެނެއެވެ. މިބަނދަރު ބޮޑުކުރުމުގެ މަަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައެވެ.
ޕްލޭނިންގ މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 51.72 މިލިއަން ރުފިޔާ އަށެވެ.