ހދ.ކުޅުދުއްފުށްޓާއި އެ އަތޮޅު ނޮޅިވަރަމް މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
މިކަން ހާމަކޮށް ކުޅުދުށްފުށީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ވަނީ ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
މި ގޮތުން މިރޭ 20:48 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ.
އޭގެ އިތުރުން ނޮޅިވަރަމް މޮނިޓަރިން ނަގާފައިވާކަމުގެ ލިޔުން ވެސް އެޗްޕީއޭއިން ވަނީ އެ ރަށު ކައުންސިލަށް ފޮނުވާފައެެވެ. ކުޅުދުށްފުށްޓެކޭ އެއްގޮތަށް ނޮޅިވަރަމްގައި ވެސް އިތުރަށް ބަލަންޖެހޭކަމެއް ނެތްކަމަށާއި އެ ގޮތުން މޮނިޓަރިންގެ ހާލަތު ދަމަހައްޓަން ނުފެންނަކަމަށް ވެސްް ބުނެފައިވެއެވެ.
ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތުން ނަގާފައިވާއިރު އެ ދެރަށް މޮނިޓަރިންއަށް ލާންޖެހުނީ
މާލެއާއި އެ އަތޮޅާއި ދެމެދު ދަތުރުކުރާ “ފާޅު“ ބޯޓުގެ މިދިޔަ ކައްޕި ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އޭގެފަހުން ވެސް އެ ބޯޓުގެ ދެ ފަޅުވެރިއަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން އެއް ފަޅުވެރިއެއްގެ ކޮންޓެކްޓެއް ވެސް ވަނީ ޕޮޒިޓިވްވެފައެވެ.