ބ.އޭދަފުށިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.
އޭދަފުށިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި ޢުމުރުން 27 އަހަރުގެ އިންޑިއާ މީހެކެވެ.
އިންޑިއާގެ މި މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ކަރަންޓީނުގެ މުއްދަތަށްފަހު ހެދި ޓެސްޓުގެ ނަތީޖާއިންނެވެ.
އޭދަފުށިން ޕޮޒިޓިވްވި މި ކޭސްއާއެކު އެ ރަށުން ޕޮޒިޓިވްވި ޢަދަދު ވަނީ 11 އަށް އިތުރުވެފައެވެ.
އޭދަފުށީގައި މިހާރުވެސް ޖުމްލަ 18 މީހުން ކަރަންޓީނުގައި އެބަތިއްބެވެ. ނަމަވެސް މިއަދު ޕޮޒިޓިވްވި މީހާއާއި އެއްވެސް މީހަކާއި ކޮންޓެކްޓުވެފައި ނުވާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.