އިންޑިއާގެ ދިއްލީގައި ބޯކޮށަން ދިޔަ މީހަކު 20 ރުޕީސް ގެ މައްސަލައިގައި މަރާލާފިއެވެ.
ދިއްލީގެ ބުރާރީ އަވަށުގެ ބޯކޮށާ ތަނެއްގެ ތެރޭގައި ރުޕޭޝް ނަމަކަށް ކިޔާ ތަރުކާރީ ވިއްކާ މީހާ މަރާލާފައިވަނީ، ބޯ ކޮށުމަށްފަހު 50 ރުފީސް ދޭން ބުނުމުން 30 ރުޕީސް ދިނުމަށް ފަހު، ފަހުން 20 ރުޕީސް ގެނެސްދޭނެ ކަމަށް ބުނުމުން ބޯކޮށާ ތަން ހިންގަމުން ދިޔަ ދެބެއިންނެވެ. މި ދެމީހުން އޭނާ އަށް އަނިޔާ ކުރަމުން ދިޔައީ، އޭނާގެ 13 އަހަރުގެ ދަރިފުޅުގެ ކުރިމަތީގައެވެ.
މަންޒަރު ދުއް މީހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ 20 ރުޕީސްގެ މައްސަލައިގައި އޭނާ އަށް އަނިޔާ ކޮށްފައިވަނީ ޕީވީސީ ހޮޅިތަކަކުން ތަޅާއެވެ. އޭރު އެފިރިހެން މީހާގެ ދަރިފުޅު އެމީހުން ކާރީ ބައްޕައަށް އެހެން ނެހެދުމަށް އެދި އާދޭސް ކުރަމުން ދިޔަ ކަމަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ. މަންޒަރު ބަލަން ގިނަ ބަޔަކު އެތާ ތިބިނަމަވެސް އެކަކުވެސް އޭނާ ސަލާމަތް ކޮށްދޭން މަސައްކަތް ކޮށްފައި ނުވާކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރުޕޭޝް މަރުވުކަމަށް ފުލުހުން ބުނެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. ބޯކޮށާ ތަނުގެ ތެރޭ އޭނާއަށް އަނިޔާކުރި ދެބެއިން، އަނިޔާ ކުރުމަށްފަހު އެސަރަހައްދު ދޫކޮށް ފިލި ނަމަވެސް ފުލުހުން ވަނީ އެދެމީހުން ހައްޔަރު ކޮށްފައެވެ.