ހިތުގެ ބަލިތަކުން ދިފާއުވުމަށްޓަކައި ދުޅަހެޔޮ ސިއްހަތެެއްގައި ހުރުމަކީ ކޮންމެހެން ބޭނުންކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވީ ހިތުގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މި ގޮތުން ރައީސް ޞާލިޙް ވިދާޅުވީ ކޮވިޑާއި ގުޅިގެން ދިރިއުޅުމުގެ ކަންކަން މަޑުޖެހިފައިވާ ކަމަށާއި އެގޮތުން ދިރިއުޅުމަށް މާޔޫސްކަމާއި ނުތަނަވަސްކަން ގެނުވާފައިވާކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އޭގެ އިތުރުން ކޮވިޑުގެ ވަބާއިން އަރައިގަތުމަށްޓަކައި މަސައްކަތްކުރަމުން އަންނަ މި ދަނޑިވަޅުގައި ހިތުގެ ދުވަސް ފާހަގަކުރާއިރު ދުޅަހެޔޮ ސިއްހަތަކަށް އަހުލުވެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ސިއްހަތަށް ފައިދާހުރި ގޮތަކަށް ބައްޓަންކޮށް ހިތުގެ ބޭނުންކޮށްގެން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.