އިލެކްޝަން ކޮމިޝަން(އީސީ) އިން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅަނީ ވަކި ޕާޓީއަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދިނުމަކަށް ނޫންކަމަށް އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އީސީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ދެލިކަރުދާހާއި ގުޅޭގޮތުން ޕާޓީތަކާއެކު މަޝްވަރާކުރަން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
މި ގޮތުން އީސީގެ އިދާރާގައި މިއަދު ބޭއްވި މި ބައްދަލުުވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅަނީ ވަކި ޕާޓީއަކަށް ފިޔަވަޅުއެޅުމުގެ ބޭނުމުގައެއް ނޫން ކަމަށެވެ.
ޝަރީފް ވިދާޅުވީ އީސީން އިސްނަގައިގެން ކުރާ މަސައްކަތަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮތްކަމެއް ނޫންކަމަށެވެ. އަދި އިސްލާހުތައް ގެންނާނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއެކުގައިކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވަނީ ޤާނޫނަށް އިސްލާހުގެނައުމުގެ މަސައްކަތަކީ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް އޮވެގެންނޫން ކަމަށާއި އަދި އެއްވެސް ފަރާތެއްގެ ސްޕިންސާޝިޕެއް ވެސް އޮވެގެންނޫން ކަމަށާއި ވަކި ފަރާތަކުން އެކަން ކުރަން އީސީއަށް އަންގައިގެން ނޫންކަމަށް ވެސް ވިދާޅުވެފައެވެ.