އައްޑޫ ސިޓީގެ 2 އަވަށެއްގެ ޓޫރިޒަމް ޒޯންތަކުގެ އީއައިއޭ ހަދަން ބަޔަކާ ޙަވާލު ކޮށްފިއެވެ.
އައްޑޫ ސިޓީ މަރަދޫ އާއި ހުޅުދޫ އަވަށުގެ ޓޫރިޒަމް ޒޯންތަކުގެ އީއައިއޭ ހަދަން ހަވާލުކުރީ އޮމްނި ސޮލިއުޝަންސް ލިމިޓެޑްއާއި އެވެ.
ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އައްޑޫ މޭޔަރ ޢަބްދުﷲ ޞާދިގްއެވެ. އޮމްނީ ސޮލިއުޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޔާޒްއެވެ.
މި އެއްބަސްވުމުގެ ދަށުން އައްޑޫގެ ކަނޑެއެޅޭ ސަރަހައްދުތަކުގައި ބީޗް ހެދުމަށް ބޭނުންވާ އީއައިއޭގެ އިތުރަށް، އޮޕްޝަންސް އެނަރލިސިސް އާއި އާޓިފިޝަލް ބީޗްތައް ޑިޒައިން ކުރުމުގެ މަސައްކަތް ވެސްވަނީ އެ ފަރާތާއި ހަވާލުކޮށްފައެވެ.
އައްޑޫސިޓީ ކައުންސިލުން ޓޫރިޒަމް ޒޯންތަކުގެ އީއައިއޭ ހެދުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، ޓޫރިޒަމް ޒޯންތަކަށް ކުރިމަތި ލުމުގެ ފުރުޞަތުވަނީ މިދިޔަ އަހަރު ފަހު ކޮޅު ވަނީ ހުޅުވާފައެވެ.
އައްޑޫ ސީޓީގައި ރަށު ޓޫރިޒަމް ފުޅާ ކުރުމަށް 4،000 އެނދު ތަރައްގީ ކުރަން އައްޑޫ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީން 2019 ވަނަ އަހަރުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިއަހަރުގެ މާޗްމަހުގެ ތެރޭގައި އައްޑޫގެ ޓޫރިޒަމް ޒޯން ތަކުގެ ބީޗް ތަރައްޤީއަށް ބޭނުންވާ އީއައިއޭ ހެދުމަށް ވެސް އޮމްނި ސޮލިއުޝަންސް ލިމިޓެޑްއާއި ވަނީ ހަވާލުކޮށްފައެވެ.