ހުކުރު, ފެބްރުއަރީ 26, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ފަސް ސަރަހައްދެއް ހިމާޔަތްކުރަން ރައީސް ޞާލިޙް ނިންމަވައިފި

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
ސެޕްޓެމްބަރ 29, 2020
ޚަބަރު
0
ރާއްޖޭގެ ބޯޑަރުތައް ޖުލައި 15 ގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޫ : ރައީސް އޮފީސް

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު 05 ސަރަހައްދެއް ހިމާޔަތްކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

ADVERTISEMENT

ހިމާޔަތްކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވާފައިވާ 05 ސަރަހައްދަކީ ޅ.މާގަނދު (އެނިމޮނީ) ތިލަ، ޅ.ދިއްފުށި-މާދޫގައި ހިމެނޭ 5 ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށްކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދާއި ޅ.މާކޯ އާއި ޅ.ވައްވަރާއި ދަނޑިފަޅު ކަނޑު އޮޅިއާއި ދަނޑިފަޅު ފިނޮޅު ސަރަހައްދުގެ އިތުރުން ޅ.ދަށުގިރި ފިނޮޅު ސަރަހައްދެވެ.

މި 05 ސަރަހައްދު ހިމާޔަތްކުރަން ހުށަހެޅުއްވީ އޮންލައިންކޮށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ މި ސަރަހައްދުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއް އަސާސަކީ ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތާއި ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްޢިއްޔާއާއި ޖަމާޢަތްތަކުގެ އިތުރުންް ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މަޢުލޫމާތުތައްކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ މި ސަރަހައްދުތައް ހިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކުގެ އިތުރުން އެކި ސިނާޢަތްތަކާ މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ޑރ.ޙުސެއިން ރަޝީދު ވިދާޅުވީ އެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު ޅ.އަތޮޅުގެ އުމްރާނީ ތަރައްޤީއާއި ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވާނެ ކަމަށެވެ.

ހަމައެއާއެކު އެ ސަރަހައްދުތައް ހިމާޔަތްކުރުމުން އޭގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ލިބިގެންދާނެ ކަމަށާއި އެކޯ ޓޫރިޒަމާއި އިންޓަރގްރޭޓެޑް ޓޫރިޒަމާއި ދިރުންހުރި އިޤުތިސާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެކަމަށް ވެސް ޑރ.ޙުސެއިން ރަޝީދު ވަނީ ވިދާޅުވެފައެވެ.

05 ސަރަހައްދެއް ހިމާޔަތްކުރަން ރައީސް ޞާލިޙް މިއަދު ނިންމަވާފައިވާއިރު ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން މީގެކުރިން ވަނީ ޅ.އަތޮޅުގެ ދެ ސަރަހައްދެއް ހިމާޔަތްކޮށްފައެވެ.

މި ގޮތުން މީގެކުރިން ހިމާޔަތްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގައި ޅ.ފުށިފަރު ތިލަ ސަރަހައްދާއި 1999 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 21 ވަނަ ދުވަހުގައި ހިމާޔަތްކޮށްފައިވާ ޅ.ކުރެއްދޫ ކަނޑު އޮޅި (ކުރެއެދޫ އެކްސްޕްރެސް) ސަރަހައްދެވެ.

ގުޅުންހުރި ލިޔުންތައް

އަނަސް ބޮޑުވީ ”ފްލެޓް ދޮންބެ“ އާއެކު، ބޮޑުވީ ފްލެޓްއަޅާނެ ގޮތުގެ ވާހަަދައްކަމުން: ނަޝީދު

އަނަސް ބޮޑުވީ ”ފްލެޓް ދޮންބެ“ އާއެކު، ބޮޑުވީ ފްލެޓްއަޅާނެ ގޮތުގެ ވާހަަދައްކަމުން: ނަޝީދު

ފެބްރުއަރީ 26, 2021
ފެނަކައިން ވޭމަންޑޫ ރައްޔިތުން އަނދިރިކަމުން އަލިކަމަށް ގެނެސްދީފި

ފެނަކައިން ވޭމަންޑޫ ރައްޔިތުން އަނދިރިކަމުން އަލިކަމަށް ގެނެސްދީފި

ފެބްރުއަރީ 26, 2021
އެމްޑީޕީން ރައްޔިތުންގެ އުންމީދުތައް ބޮލާލައި ނުޖަހާނެ: ރ.ނަޝީދު

އެމްޑީޕީން ރައްޔިތުންގެ އުންމީދުތައް ބޮލާލައި ނުޖަހާނެ: ރ.ނަޝީދު

ފެބްރުއަރީ 26, 2021
ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށް: ދުންޔާ

ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށް: ދުންޔާ

ފެބްރުއަރީ 26, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ގެމަނަފުށި: ކުލާހުގައި ތިއްބައި ރޫޙާނީކަމެއް ދިމާވުމުން 06 ދަރިވަރަކަށާއި، މުދައްރިސަށް ފަރުވާދެނީ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In