ދިވެހި ފިލްމީ ދުނިޔޭގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޢަލީ ސީޒަންއާއި ދިވެހި ފިލްމީ އުދަރެހުގައި ފިޔަޖަހަމުން އަންނަ ތަރި މަރިޔަމް އައްޒައާއި ދެ ތަރިންގެ ޓިކްޓޮކް އެކައުންޓު, ޓިކްޓޮކުން ވެރިފައިކޮށްދީފިއެވެ.
ޓިކްޓޮކުން މި ދެ ތަރިންގެ ތަރިންގެ ޓިކްޓޮކް އެކައުންޓު, ވެރިފައިކޮށްދީފައިވާއިރު އެ ގޮތުން މި ދެ ތަރިން ވެގެން ގޮސްފައި މިވަނީ ރާއްޖޭގައި ޓިކްޓޮކް އައިޑީ ވެރިފައިވި ފުރަތަމަ ދެ ތަރިންނަށެވެ.
ޓިކްޓޮކުން މި ދެ ތަރިންގެ ތަރިންގެ ޓިކްޓޮކް އެކައުންޓު, ވެރިފައިކޮށްދީފައިވާއިރު ޓިކްޓޮކުން ވެރިފައިކޮށްދެނީ ޢާންމުންގެ މެދުގައި މަޝްހޫރު ގިނަ ބަޔަކު ފޮލޯކުރާ އެކައުންޓުތަކެވެ.
މި ގޮތުން ބަލާއިރު ފިލްމީ ތަރި އައްޒަގެ ޓިކްޓޮކްގައި މިހާރުވެސް 13000 އަށްވުރެ ގިނަފޮލޯވަރުން އެބަ ތިއްބެވެ.