ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި އޭނާގެ ގާތިލް މުހައްމަދު ސަމާހު މަރަން ދަށު ކޯޓުން އިއްވާފައިވާ ހުކުމަަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.
ޕޮލިސް ސާޖަންޓް ކ. ކާށިދޫ/ ކެތި، އާދަމް ހަލީމް މަރާލާފައި ވަނީ ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި، ހަލީމު މަރާލި ކުށް ސާބިތުވެ ކ. ކާށިދޫ ސުވާސާގެ މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ.
ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ، މިއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމެއް ކަނޑައެޅުމަށްޓަކައެވެ.
މިއަދު މި މައްސަލަ ބެލުމަށް ފަހު ހައިކޯޓުން އިއްވި ހުކުމްގައި ވަނީ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް ބެލިއިރު، ކުރިމިނަލް ކޯޓުން ކ.ކާށިދޫ / ކެތި އާދަމް ހަލީމް ގަސްދުގައި މަރާލުމުގެ ކުށް ކ.ކާށިދޫ / ސުވާސާގެ މުހައްމަދު ސަމާހުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން މުހައްމަދު ސަމާހު މެރުމަށް ހުކުމް ކޮށްފައެވެ.
ޝަރުއީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް، މި މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފިން ކަމަށެވެ.
ސަމާހު މެރުމަށް ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދު ކުރި ނަމަވެސް، މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމް ދެމެހެއްޓުމުންނެވެ.
Supreme court will never fulfill that demand and what we see is that ”Islamic Shariya“ just the big board. Have anyone ever have had implemented this with in this past 40 years.