ސިޔާސީ ހުރިހައި ޕާޓީތަކަށާއި ވަރަށް ގިނަ ކަންކަމަށް އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބިފައިވާކަމަށާއި އެ ކަންކަމުގެ މުގުލުގައި ހުންނެވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބަދުލްޤައްޔޫމްކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވެެއްޖެއެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ވަރަށް ގިނަ ފަރާތްތަކަށް ލިބިފައިވާކަމަށާއި އެކަމަކީ ރައީސް ޔާމިނުގެ ސަރުކާރުން ވަރަށް ދުރާލައި ރޭވިގެން ކޮށްފައިވާ ކަމެއްކަމަށެވެ.
މި ގޮތުން އެމްއެމްޕީއާރްސީގެ ފައިސާއިން އޭރުގެ މިނިވަން މުޢައްސަސާތަކަށާއި ޖުޑިޝަރީއާއި ޕާލިމަންޓާއި އެހެނިހެން ކަންތައްތަކަށް ސިޔާސީގޮތުން ޚަރަދުކޮށްފައިވާކަމަށް އަދީބު ވިދާޅުވިއެވެ.
އެ މައްސަލައަކީ ވަރަށް ގިނަ ބޭފުޅުން ޝާމިލްވާ މައްސަލައެއް ކަމަށާއި އެ ގޮތުން ވަރަށް ގިނަ ބޭފުޅުންގެ އިތުރުން ސިޔާސީ ޕާޓީތަކަށް ވެސް މި ފައިސާގެ މަންފާ ލިބިފައިވާކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
ހަމައެއާއެކު މަޖިލިސްގައި ނެގުނު ވޯޓުތަކަށް ވެސް އެ ފައިސާ ބޭނުންކޮށްފައިވާކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
އަދީބު ވިދާޅުވިގޮތުގައި މި ހުރިހައިކަމެއްގެ މުގުލުގައި ހުންނެވީ ކުރީގެ ރައީސް ޔާމިނު ޢަބްދުލްޤައްޔޫމެވެ.
އެ ގޮތުން އެމްއެމްޕީއާރްސީމް ރަށްތައް ދޫކުރަމުން އައީ ރައީސް އޮފީހުން އަންގާގޮތުގެ މަތިންކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި މި ހުރިހައި ވާހަކަތަކެއް ހާމަކުރެއްވިއިރު އަދީބުވަނީ ކުށަށް ތަޢުބާވެވަޑައިގެންފައިވާކަމަށް ވިދާޅުވެ ދަޢުވާތަކަށް އިޢުތިރާފުވެވަޑައިގެންފައެވެ.
ހަޔާތް ކުޑަ އަދީބު …