ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށްދޭން ނިންމި އެޑްވާންސް ލައިޓް ހެލިކޮޕްޓަރު(އޭއެޗްއެލް) ގެ ފުރިހަމަ ނަން ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް އެނގިވަޑައިނުގަންނަވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް ޙުސައިން މުޙައްމަދު ޝަރީފް (މުންދު) ވިދާޅުވީ 2015 ވަނަ އަހަރުތެރޭގައި ރައީސް ޔާމިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ މަނިކުފާނު ހެލިކޮޕްޓަރެއްގެ ވާހަކަ ދެއްކެވި ކަމަށާއި ނަމަވެސް އެ ހެލިކޮޕްޓަރުގެ ވާހަކަތަކަކީ އެ މަނިކުފާނަށް އާ ވާހަކަތަކެއްކަމަށެވެ. އަދި ޑޯނިއާ ރާއްޖެއަށް އައިސްފައިވަނީ ހެލިކޮޕްޓަރަކުން ފެށުނު ވާހަކަތަކަކުން ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ޑޯނިއާ ގެންނަން އެންމެ ފުރަތަމަ މަޝްވަރާކުރެއްވީ ރައީސް ނަޝީދުގެ ސަރުކާރުގައިކަމަށެވެ. އަދި ފަހުން އެ ވާހަކަތައް ތިލަވެ ސޮއިކޮށްފައިވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ.މުޙައްމަދު ވަޙީދުގެ ސަރުކާރުގައިކަމަށް ވެސް މުންދު ވިދާޅުވިއެވެ. އަދި އެ އެއްބަސްވުމުގައި ވަނީ ދެ ހެލިކޮޕްޓަރެއްގެ ވާހަކަ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
އޭގެ އިތުރުން މުންދު ވިދާޅުވީ އެ ދެ ހެލިކޮޕްޓަރު ރާއްޖެ ގެނައިކަމުގައިވިޔަސް އެއިން ޤައުމަށް އެއްވެސް ފައިދާއެއް ރައީސް ޔާމިނަށް ޤަބޫލުފުޅުކުރެއްވުމުން އިންޑިއާ ސަރުކާރުން އެ ޤައުމުގެ ޕައިލެޓުންނާއި އެ ޤައުމުގެ ދިދަ ޖަހައިގެން އޮޕަރޭޓްކުރަން ޝަރުތުކޮށްފައިވާތީ އެކަމަށް ރައީސް ޔާމިނު އެއްބަސްވެވަޑައިނުގެންނެވީކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމިނުގެ ސަރުކާރުގައި ހަދާފައިވާ އެއްބަސްވުމެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވާއިރު ޑޯނިއާ މަތިންދާ ބޯޓު އިއްޔެ ރާއްޖެ ގެނައުމާއި ގުޅިގެން އެމްއެންޑީއެފުން ވަނީ 2016 ވަނަ އަހަުންފެށިގެން އިންޑިއާއިން ރާއްޖެއަށް ހޯދަން މަސައްކަތްކުރި ބޯޓު ރާއްޖެއަށް އައިސްފައިވާކަމަށް ބުނެފައެވެ. އަދި އެ ބޯޓު ރާއްޖޭގައި އޮޕަރޭޓްކުރާނީ ދިވެހި ޤައުމީ ދިދައާއި ކުލަތަކާއެކު އެމްއެންޑީއެފުގެ ޕައިލެޓުން ހަރަކާތްތެރިވާ ގޮތަށްކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.