ގދ.ހޯޑެއްދޫން ކޮވިޑަށް ޕޮޒިޓިވް މީހުންގެތެރެއިން އެކަކު ފިޔަވައި އެންމެން ރަނގަޅުވެފައިވާކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ.
ހުސްވި މަހުގެ 04 ވަނަ ދުވަހު އެ ރަށުން ޕޮޒިޓިވްވި 02 މީހުންނާއި ކޮންޓެކްޓުވި މީހުން ހިމެނޭހެން
ހޯޑެއްދޫން ވަނީ ޖުމްލަ 45 މީހުން ޕޮޒިޓިވްވެފައެވެ.
ހޯޑެއްދޫ ހެލްތު ސެންޓަރުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެތެރެއިން ވޭތުވެދިޔަ ސައުވިސް ގަޑިއިރުތެރޭގައި 07 މީހުން ރަނގަޅުވެފައިވެއެވެ.
މީގެ އިތުރުން ވޭތުވެދިޔަ ސައުވިސް ގަޑިއިރުތެރޭގައި އިތުރު 74 ސާމްޕަލް ނަގާފައިވާކަމަށް ހޯޑެއްދޫ ހެލްތު ސެންޓަރުން ބުނެއެވެ. މި ގޮތުން ޖުމްލަ 462 ސާމްޕަލް އެ ރަށުން ނަގާފައިވާއިރު އޭގެތެރެއިން 343 ސާމްޕަލް ނެގެޓިވްވެފައިވާ ނަމަވެސް ޕެންޑިންގައި 74 ސާމްޕަލް އެބަހުއްޓެވެ.
ހޯޑެއްދޫން މިހާރު ފަރުވާދެމުން އަންނަނީ އެންމެ މީހަކަށްކަމަށްވާއިރު އެ ރަށުން ޕޮޒިޓިވްވެގެން ގއ.ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންއައި ދެ މީހުން ވެސް ވަނީ ދޫކޮށްލާފައެވެ.