ކޮވިޑުގެ މި ހާލަތުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ސަފު ހަދާއިރު ގައިދުރުކުރުމުގެ އުސޫލަށް ޢަމަލުކުރުން ވަރަށް މުހިންމުކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މާލޭ ހުކުރު މިސްކިތް މިއަދު ޢަޞުރަށްފަހު ހުޅުވައިލަން ނިންމުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މި ގޮތުން ރައީސް މައުމޫން ވަނީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށްފަހު މިއަދު ހުޅުވާތީ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.
”އާބާތުރަ ފިލުވުމަށްފަހު މިއަދު މާލޭ ހުކުރު މިސްކިތް ހުޅުވާތީ އުފާކޮށް މާތް ﷲ އަށް ޙަމްދު ކުރަން. މިދުވަސްކޮޅު ޖަމާޢަތުގައި ސަފު ހައްދަވާއިރު ގައިދުރުކުރުމުގެ އުސޫލު ހަނދުމަފުޅު ބެހެއްޓެވުން ވަރަށް މުހިންމު.“ (ރައީސް މައުމޫން)
ހާލަތުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ސަފު ހަދާއިރު ގައިދުރުކުރުމުގެ އުސޫލަށް ޢަމަލުކުރުން ވަރަށް މުހިންމުކަމަށް ރައީސް މައުމޫން ވިދާޅުވިއިރު އެޗްޕީއޭއިން ވަނީ އެ ގޮތަށް އަންގަވާފައެވެ.
ނަމަވެސް ޖަމާޢަތުގައި ސަފު ހަދާއިރު ގައިދުރުކުރުމުގެ މައްސަލައިގައި ޑރ.އިޔާޒު ވަނީ ސަފު ހެދުމުގައި ގައިދުރުކުރުމަށް އިންކާރުކުރައްވާފައެވެ. އެހެނަސް ރާއްޖޭގެ ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މި ހާލަތުގައި މިސްކިތްތަކުގައި ނަމާދުކުރާއިރު ގައިދުރުނުކޮށް ސަފުހެދިޔަސް މައްސަލައެއް ނެތެވެ.