ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި ބައްދަލުކުރުމުގެގޮތުން ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މިނިސްޓަރު މާރިޔާ މިއަދު ހާޒިރުވެވަޑައިގަންނަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މިނިސްޓަރު މާރިޔާ މިއަދު ހާޒިރުވެވަޑައިގަންނަވާފައިވަނީ އެ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
ނަމަވެސް އެއީ ކޮން މައްސަލަތަކެއްކަމެއް މަޖިލީހުން ހާމައެއްނުކުރެއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ މިނިސްޓަރު މާރިޔާ ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފައިވާ ކަމަށެވެ.