ލިބުނު ޖިންސީ އަނިޔާތަކާގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ.ތިނަދޫ/ތޭންކް, ޒިޔާދާ ނަޢީމް ރޭޕްކުރި މައްސަލަ ސާބިތުވާކަމަށް ނިންމައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ޙުކުމްކޮށްފިއެވެ.
ހުސްވި އަހަރުގެ މާޗުމަހުގެ 29 ވަނަދުވަހު ކްރިމިނަލް ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު އިބްރާހިމް ޢަލީ ވަނީ ޝާހުގެ މައްޗަށް އެއްވެސް ދަޢުވާއެއް ސާބިތުނުވާކަމަށް ޙުކުމްކޮށްފައެވެ.
ނަމަވެސް އެ ޙުކުމާއި ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
މި މައްސަލައިގައި ޝާހުގެ މައްޗަށް ވަނީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާގެ އިތުރުން މީހަކު މަރުވެދިޔުމުގައި އިހުމާލުގެ ޢަމަލެއްކުރުމުގެ ދަޢުވާއާއި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ ޢަމަލެއް ހިންގުމުގެ ދަޢުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާކޮށްފައެވެ.
މި ގޮތުން އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާގެ ސާބިތުވެ ޝާހު ތިން އަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ.