ފްލައިމީގެ ޑޮމެސްޓިކް ކޯވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ދަތުރުތައް އަލުން ފަށައިފިއެވެ.
މިއަދު ދަތުރުތައް މާލެ އާއި މާމިގިލިއަށް ފަށާފައިވާ ކަމަށާއި ދަތުރުތައް ޝެޑިއުލް ކުރަނީ ދަތުރު ކުރާ ފަރާތްތަކުގެ ޑިމާންޑު އޮންނަ ވަރަކުން ކަމަށް ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ނާޝިދު ހަމަކުރިއެވެ.
މާލެ އާއި މާމިގިއްޔާއި ދެމެދު އަދި ދަތުރުތައް ފެށި ނަމަވެސް ލޯޑު ލިބޭ ވަރަކުން އިތުރު މަންޒިލްތަކަށް ދަތުރު ކުރާނެ ކަމަށާއި މިމަހު ދަރަވަންދޫއަށް ދާން ބޭނުންވާ ފަރާތްތަކުން އިތުރުވެއްޖެ ނަމަ އެދަތުރު ވެސް ފަށާނެއެވެ.
ފްލައިމީގެ ދަތުރުތައް ފަށައި ކުންފުނި އަލުން ރަނގަޅުވަމުން އަންނަ ވަރަށް ބަލާފައި ނޯޕޭގައި ތިބި މުވައްޒަފުން ވަޒީފާއަށް ނެރޭނެއެވެ.
ވިލާ އެއާ އަކީ ރައްޔިތުން މަޖިލީހުގެ މާމިގިލި ދައިރާގެ މެންބަރުގެ ގެ ކުންފުޏެކެވެ.