މިޝަން އިމްޕޮސިބަލް، ޖުރަސިކް ޕާކް ޑޮމިނިއަން ފަދަ މަޝްހޫރު ފިލްމް ތަކުގެ މަސައްކަތް ބަލިމަޑުކަމުގެ ތެރޭގައި ކުރިއަށް ދިޔައިރު އެ ފިލްމްތަކާއި އެކު ޝޫޓްކުރަން ފެއްޓި އަކްޗޭކުމާރްގެ ބެލްބޮޓަމް އެއްކޮށް ޝޫޓްކޮށް ނިންމާލައިފިއެވެ.
ކޮވިޑް 19 ގެ މި ދަނޑިވަޅުގައި މަސައްކަތް ފެށިތާ ދެމަސް ދުވަހުގެ ތެރޭ އަކްޝޭގެ ބެލްބޮޓަމް ޝޫޓްކޮށް ނިންމާލައިފިއެވެ. މި ފިލްމް ޕްރޮޑިއުސްކުރާ ޕޫޖާ އެންޓަތައިންމެންޓްސް އިން ބުނީ އަކްޝޭގެ މި ފިލްމަކީ މި ފަހުގެ ތާރީހުގައިވެސް އެބޭފުޅުންނާއި ހަވާލުވި އެންމެ ބުރަ އަދި އުނދަގޫ މަސައްކަތް ކަމަށެވެ.
އެގޮތުން ކޮވިޑް ނަވާރައިގެ މި ނުރައްކާތެރި ދަނޑިވަޅުގައިމަސައްކަތް ކުރަންޖެހުމާއި އެކު، 200 އަށްވުރެ ގިނަ ފަރާތްތަކެއްގެ ސިއްހީ ހާލަތު ވަރަށް ކައިރިން ބަލަން ޖެހުނު ކަމަށާއި މި ފިލްމް ޝޫޓްކޮށް ނިންމުމުގައި ޕްރޮޑަކްޝަން ޓީމްއިން ސައުވީސް ގަޑިއިރު މަސައްކަތް ކުރަން ޖެހުނުކަމަށްވެސް އެ ބޭފުޅުން ވިދާޅުވެއެވެ.

އަކްޝޭ ހާމަކުރިގޮތުގައި ބެލްބޮޓަމް މި ފިލްމަކީ ވަރަށް ގިނަ ބަޔެއްގެ ހިތްވަރާއި އެކު އެންމެން ގުޅިގެން ކުރެވުނު މަސައްކަތެއް ކަމަށާއި އަދި ނިއުނޯމަލްގެ މިދުވަސްވަރުގައި މި ފަދަ މަސައްކަތެއް ކުރުމަކީ ފިލްމީ ދާއިރާގައި ލިބިގެންދިޔަ އާ ތަޖޔރިބާތަކެއްކަމަށްވެސް އަކްޝޭ ބުނެއެވެ. މީގެ އިތުރުން ކޮވިޑް ނަވާރައިގެ މި ދުވަސްވަރުގައިވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރެވިދާނެކަން ފިލްމީ ދާއިރާގެ މަސައްކަތް މިދުވަސް ވަރަށް ހުއްޓާލައިގެން ތިބި ފަާތްތަތަކަށް ފަހުމްވެގެން ދާނެ ކަމަށް ގަބޫލު ކުރާކަމަށް އޭނަ ފާހަގަކުރިއެވެ.
ބެލްބޮޓަމް ގެ އެކްޓަރ އެއް ކަމަށްވާ އެކްޓަރ ކަޕޫރު ހާމަކުރި ގޮތުގައި ފިލްމީ ދާއިރާގެ ހަޔާތުގައިވެސް މިހާ އަމާންކޮށް މަސައްކަތް ކުރި ފިލްމެއް ދިމަލެއް ނުވެއެވެ. އެ ގޮތުން މިއަދުގެ ހާލަތަށް ބަލައި ޕޫޖާ އެންޓަޓައިްމެންޓް އިން މަސައްކަތްތައް ރާވާ ހިނގާފައިވާ ގޮތަށް އޭނާ ވަނީ ތައުރީފް ކޮށްފައެވެ. މީގެ ިއތުރުންވެސް މި ފިލމްގައި އެކި ކޮތްގޮތަށް މަސައްކަރު ހުރިހާ ފަރާތްތަކެއް ހެން ވަނީ އަކްޗޭގެ ބެލްބޮޓަމް ފިކްމާއި މެދު ހިތްހަމަ ޖެހޭ ކަން ހާމަކޮށްފައެވެ.