އަންގާރަ, މާރޗް 9, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ދިވެހި ކެއްކުންތަކަށް ޙާއްސަ ޝެފް މޯޑު

މާހިރު މުހައްމަދު ލިޔުނީ: މާހިރު މުހައްމަދު
އޮކްޓޯބަރ 2, 2020
ރިޕޯޓް
0
ދިވެހި ކެއްކުންތަކަށް ޙާއްސަ ޝެފް މޯޑު

ދަ ޝެފް މޯޑްގެ ފައުންޑަރ އަދި ސީއީއޯ، މުޙައްމަދު އާދަމް

ދި ޑެއިލީގެ ކިޔުންތެރިންނަށް މި ކިޔާދެނީ ގއ. ކަނޑުހުޅުދޫއަށް އުފަން ޒުވާނެއް، ދަ ޝެފް މޯޑްގެ ފައުންޑަރ އަދި ސީއީއޯ، މުޙައްމަދު އާދަމް، ގިނަމީހުން ދަންނަ ނަމުން ނަމަ ޝެފް މޯޑެވެ.

ADVERTISEMENT

ސްކޫލް ނިންމާލުމަށް ހުރިހާ ރައްޓެހިން ރިސޯޓުތަކަށް ވަޒީފާއަށް ދިއުމުން ރިސޯޓް ދާއިރާއަށް ނުކުންނަން ބޭނުންވެފައި ހުރި މުޙައްމަދު އާދަމް އެންމެ ފުރަތަމަ އަދާކުރި ވަޒީފާއަކީ ބިޔާދޫ ރިސޯޓުގެ އިންޖިނިއަރިން ކޯޑިނޭޓަރަކަމެވެ. އެ ވަޒީފާގައި 2 އަހަރު ހޭދަވެގެން ދިޔައިރު ލިބޭ އާމްދަނީ ކުޑަވުމާއި ކުރިއަށް ދިއުމަށް އުނދަގޫ ދާއިރާއަކަށް ވުމުން މޯޑް ކުރިއަށް ދާން ބޭނުންވާ ދާއިރާ ނޫންކަން ޔަގީންވިއެވެ.

ޝެފުންގެ މަސައްކަތްތަކާއި ކައްކާ ޕްރޮގްރާމްތައް ފެންނަން ފެށީ ހިސާބުން ޝެފް މޯޑް ހިތުގައި ކެއްކުމުގެ ދާއިރާއަށް ޙާއްސަ ޝައުގުވެރި ކަމެއް އުފެދިގެން ދިޔައެވެ. ޝެފުންގެ މުސާރަ ރަނގަޅުވުމާއި ޝެފުންގެ ދާއިރާއަކީ މުސްތަޤަބަލް އޮތް ދާއިރާއަކަށް ވުމާއެކު ޝެފެއްގެ ގޮތުގައި ޝެފް މޯޑްގެ ކެރިއަރ ފެށިގެން ދިޔަ ގޮތް ކިޔައިދިނެވެ.

ތަޢުލީމް ހާސިލް ކުރި ދުވަސް ވަރު ކްލާސް ކުދިންގެ ގެއަށް ގެންގޮސް އެ ކުދިންނަށް ކައްކައިދީ އުޅުނުކަމަށް ޝެފް މޯޑް ބުންޏެވެ. އެދުވަސް ވަރު ބައެއް ކުދިން ޝެފަކަށް ވުމަށް ބުނެ އުޅުނު ކަމަށް ޝެފް މޯޑް ބުނެއެވެ.

ޖޫނިއާ ޝެފްގެ ވަޒީފާގައި އެންމެ ފުރަތަމަ ކުރަން ޖެހުނު މަސައްކަތަކީ އެއްޗެހި ކޮށައިދިނުމާއެކު ޝެފުންނަށް އަތްގާތްކޮށްދިނުމެވެ. ފުރަތަމަ ބަލްކުކޮށް ކެއްކުން ބޮޑު ޗެލެންޖަކަށް ވިޔަސް މަޑުމަޑުން ހޭނެމުން ދާއިރާގައި

އެންމެ ފުރަތަމަ ޝެފް މޯޑް އަލަށް ކައްކަން ފެށީ އޭގެ 3 މަސް ފަހުންނެވެ. ބަލްކުކޮށް ކައްކަން ބޮޑު ޗެލެންޖަކަށް ވީ ނަމަވެސް މަޑުމަޑުން ހޭނެމުން ދާއިރާއިން ކުރިއަރަމުން އައިސް ރިސޯޓުގެ ސޫ ޝެފްކަމައި ޑިޕާޓްމަންޓްގެ މެނޭޖާ ލެވަލްގައި ޝެފް މޯޑް މަސައްކަތް ކުރިއެވެ.

ޝެފް މޯޑްގެ ކެރިއަރ ހުވަފެންފުށިން ރިސޯޓުން ފެށި ނަމަ ވެސް ބަރޮސް މޯލްޑިވްސް، ބޮޑު ހިތި ރިސޯޓް އަދި ސިކްސެންސް ލާމުގެ އިތުރުން އަނަންތާރާ ރިސޯޓުގައި މަސައްކަތް ކުރިއެވެ. އަނަންތާރާގައި މަސައްކަތް ކުރިއިރު ޑުބާއީ އަދި އަބޫދާބީގައި މަސައްކަތް ކުރުމުގެ ފުރުޞަތު ޝެފް މޯޑަށް ލިބުނެވެ.

ޝެފް މޯޑް އެންމެ ހާއްސައީ ދިވެހި ކެއުންތަކަށެވެ. 100އަށް ވުރެ ގިނަ އަމިއްލަ ދިވެހި ރެސިޕީ ގެންގުޅެއެވެ. ނަމަވެސް ހުރިހާ ޤައުމެއްގެ ކެއުންތައް ވެސް ފަރިތަކަމާއެކު މޯޑު ކައްކައެވެ.

އިނގިރޭސި ބަހުން ދިވެހި ރެސިޕީތަކަށް ހައްސަ ފޮތެއް ނެރުމުގެ މަސައްކަތް ޝެފް މޯޑް އަންނަނީ ކުރަމުންނެވެ. މި ފޮތުގައި ހިމަނަފައި ވަނީ ޝެފް މޯޑްގެ އަމިއްލަ ދިވެހި ރެސިޕީތަކެވެ. މި ފޮތް މިހާރު ވަނީ ފާސް ކޮށްފައެވެ. މި މަހުގެ ތެރޭގައި ޝެފް މޯޑްގެ ”ޓޭސްޓް ހޯމް“ ފޮތް މާކެޓަށް ނެރުމަށް ދަނީ ތަތްޔާރު ވަމުންނެވެ.

މީގެ އިތުރުން ޝެފް މޯޑްގެ އަމިއްލަ ރެސިޕީތަކާއި ކުކިން ޓިޕްސްގެ އިތުރުން ކެއްކުމާ ބެހޭ މަޢުލޫމާތު ހިމަނޭ ވެބްސައިޓެއް ތަރައްޤީ ކުރުމުގެގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

”ކެރިއަރުގައި މިހާ ހިސާބަށް މި އައީ ދާއިރާއާއި ގުޅޭ އެއްވެސް ކޯހެއް ހަދައި ދަސްކޮށްގެނެއް ނޫން. އަމިއްލަ އަށް ހުރިހާ ކަމެއް ވެސް ދަސްކުރީ. އެކަމަކު އަބޫދާބީގައި ހެދިން ކަލިނަރީ މެނޭޖްމަންޓް ކޯހެއް. އަނެއްހެން އެއްވެސް ކޯހެއް ވެސް ނުހަދަން،“ ޝެފް މޯޑް ހަމަކުރިއެވެ.

ޝެފް މޯޑަށް ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ދިވެހިންނާއި ބިދޭސީންނަށް ޓޫރިޒަމް އިންޑަސްޓްރީ ކެރިއަރުގައި ހަމަހަމަކަން ނެތުމެވެ. ދިވެހިންނަށްވުރެ ގިނަ ފުރުޞަތު ބިދޭސީންނަށް ދިނުމާއި މުސާރަ އާއި އެހެން ފައިދާތައް ބިދޭސީންނަށް ގިނަވުމެވެ.

މީގެ ކުރިން ދިވެހި ފިރިހެން ޝެފުންނާ ދޭތެރޭ ދެކޭ ގޮތް ޝެފް މޯޑުގެ 2 ވަނަ ގޮންޖެހުމަކަށްވެގެން ދިޔައެވެ. މިހާރު އެކަން މުޅިން ބަދަލުވެ ދިވެހި ޝެފުންނަށް ދިވެހިން ވަރަށް އިޙްތިރާމްކުރާކަން ފާހަގަ ކުރި އެވެ.

”އެކަމަކު ވަރަށް ބައިވަރު ޗެލެންޖެސްތަކާއި ފޭސްކޮށް ކާމިޔާބުވެފަ މި ހުރީ. ފެމެލީ އާއި ފްރެންޑުންނަށް ޓައިމް ދިނުން ސެކްރިފައިސް ކުރިން، އަބަދު ވެސް ގަބޫލުކުރީ މިހާރު މިހުރި ލެވަލްއަށް އާދެވުނީމަ އެ ހުރިހާ ސެކްރިފައިޒްއެއް ވޯތު ވާނީ، އެ އުންމީދުގައި މަސައްކަތްކުރީ،“ ކަމަށް ޝެފް މޯޑް ބުނެއެވެ.

ނަމަވެސް ކެރިގެން މަސައްކަތްކޮށްފި ނަމަ ކާމިޔާބުވާނޭ، މި ދާއިރާގައި އަބަދު ވެސް މަސައްކަތް ކުރަންޖެހޭނީ ޗެލެންޖަށް ކަމަށް ޝެފް މޯޑް ބުނެއެވެ.

މި ދާއިރާގައި ޝެފް މޯޑްގެ އެންމެ ބޮޑު ކާމިޔާބަކީ ރިސޯޓް އިންޑަސްޓްރީގައި އޭނާ ބަލައިގަތުމެވެ. މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ގެނައުމަށްވުރެ ބޮޑަށް ޝެފް މޯޑް ބޭނުންވަނީ އޭނާގެ ކެއްކުންތައް މީހުންނަށް ކަމުދިއުމެވެ. ޝެފް މޯޑްގެ ރެސިޕީތަކުން އޭނައާއެކު މަސައްކަތްކުރާ އެހެން ޝެފުން ގޯލްޑް މެޑަލް ވެސް ހާސިލްކުރިއެވެ.

ޝެފް މޯޑް އަންނަނީ ރެސްޓޯރަންޓްތަކާއި ކެފޭތަކަށް ކޮންސަލްޓެންސީގެ ޙިދުމަތް ފޯރުކޮށް ދެމުންނެވެ. އެ ގޮތުން މާލޭގެ ނަން މަޝްހޫރު ރެސްޓޯރަންޓްތަކާއި ކެފޭތަކަށް ކޮންސަލްޓެންސީ ފޯރުކޮށް ދީފައިވެއެވެ. އަލަށް ހުޅުވަން ތަތްޔާރު ވަމުން ދާ 2 ކެފޭ އަކަށް މިހާރު ވެސް އެ ދަނީ ކޮންސަލްޓެންސީ ދެމުންނެވެ.

”ހުޅުމާލޭގައި އޮތް އިވެންޓެއްގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤަޔޫމަށް ކައްކަން ލިބުނު ފުރުޞަތަކީ ވެސް ވަރަށް ބޮޑު ކުރިއެރުމަކާއި ފަޙުރެއް. މައުމޫން ކާއެއްޗެހި މީރުވެގެން ބައްދަލު ވެސް ކުރި. އަދި ކުރީގެ ރައީސް ޑރ.ވަހީދަށް ކެއްކުމުގެ ފުރުޞަތު ލިބުން. ކުރީގެ ރައީސް ޔާމީނަށް ވެސް ކެއްކީން އެއީ ވެސް އެޗީވްމަންޓެއް. ދެން އެމްޕްލޮއީ އޮފް ދަ މަންތް، އެމްޕްލޯއީ އޮފް ދަ އިޔާ، ސުޕަވައިޒާ އޮފް ދަ މަންތް، ސުޕަވައިޒާ އޮފް ދަ އިޔާ، ލީޑާ އޮފް ދަ އިޔާ ކަހަލަ ކާމިބީތައް ލިބުނު.“

ރައީސް ޔާމީނަށް ކެއްކުމަށްޓަކައި ރިސޯޓްގައި ހުރެފައި 1 ދުވަހަށް، އެ ކެއްކުން ކެއްކުމަށް ދިޔަ ދިއުން ޝެފް މޯޑް ފަޙްރުވެރި ކަމާއެކު ފާހަގަކުރިއެވެ. މީގެ އިތުރުން މަޝްހޫރު ލަވަ ކިޔުން ތެރިޔާ ޝަލަބީގެ ކައިވެނީގެ ހަފްލާއަށް ކައްކާފައި ވަނީ ވެސް ޝެފް މޯޑެވެ.

ޝެފް މޯޑްގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ހުޅުމާގައި ދިވެހި ރަހަރަކަށް ހައްސަ ކެފޭއެއް ހުޅުވުމުވެ. މި ކަން ހަޤީގަތަކަށް ހެދުމަށްޓަކައި ޝެފް މޯޑް އެދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ޝެފް މޯޑްގެ ކެފޭއަކީ ވަރަށް ދިވެހި ވަންތަ ގޮތް ދައްކުވައިދޭނެ ކެފޭއަކަށް ވާނެ ކަމަށާއި އިރާދަ ކުރެއްވިޔާ މި މަހުގެ ފަހުކޮޅު ކެފޭ ހުޅުވާނެ ކަމަށް ޝެފް މޯޑް ހަމަކުރެއެވެ. މީގެ އިތުރުން ދިވެހިނަށް ވަޒީފާ ދިނުމުގައި އިސްކަން ދޭނެ ކަމަށް ޝެފް މޯޑުބުނެއެވެ.

ނުގުޑާފަދަ އަޒުމްގައި ހުރި ހިތްވަރު ގަދަ، ބަދިގެތައް ފަތަހަކުރަމުން ގެންދާ މުޙައްމަދު އާދަމަށް ކުރިއަށް އޮތް ދުވަސް ތަކަކީ އުފާ ފާގަތި ދުވަސް ތަކެއްކަމުގައި ލައްވައި، ޝެފް މޯޑް ދެކެމުން ދާ ހުވަފެނުގައި މާތްﷲގެ އިރާދަ ފުޅާއެކު ހަޤީޤީ ކުލަ ޖެހިގެން ދިއުން ދި ޑެއިލީގެ މެނޭޖްމަންޓާއި އަޅުގަނޑުގެ އަމިއްލަމަނުގައި އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޖެންޑާ ގެޕް އިންޑެކްސްގައި ރާއްޖެ 123ގައި، އަންހެނުންނަށް ހުރި ދަތިތަކަކީ ކޮބާ؟

ޖެންޑާ ގެޕް އިންޑެކްސްގައި ރާއްޖެ 123ގައި، އަންހެނުންނަށް ހުރި ދަތިތަކަކީ ކޮބާ؟

މާރޗް 8, 2021
30 މީހުންނާއެކު ދަތުރުކުރި ”އަސަރީ“ އޮޑިއަށްވީ ކިހިނެއްް!

30 މީހުންނާއެކު ދަތުރުކުރި ”އަސަރީ“ އޮޑިއަށްވީ ކިހިނެއްް!

މާރޗް 5, 2021
މަސްވެރިން ވެސް ޕްލާސްޓިކަށް ނޫނެކޭ ބުނަމާ!

މަސްވެރިން ވެސް ޕްލާސްޓިކަށް ނޫނެކޭ ބުނަމާ!

މާރޗް 4, 2021
‏މިކަން ވާން އޮތީ ހަމަ އެމްޑީޕީ މީހަކަށް ވެގެންތަ؟

‏މިކަން ވާން އޮތީ ހަމަ އެމްޑީޕީ މީހަކަށް ވެގެންތަ؟

މާރޗް 3, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ރައީސް ނަޝީދުގެ މިރޭގެ ފަރިއްކޮޅު މޫދު އަޑީގައި

    ރައީސް ނަޝީދުގެ މިރޭގެ ފަރިއްކޮޅު މޫދު އަޑީގައި

    0 shares
    Share 0 Tweet 0
  • އަނެކުންގެ އަޤީދާއާމެދު ގޮތް ކަނޑައަޅައި ޙުކުމް އިއްވާ ހަދަނީ ކޮންފަދަ ގަދަފަދަ ބާރަކައިގެންތޯ: ތޭރަ

    0 shares
    Share 0 Tweet 0
  • ”އަމިއްލަ ގެދޮރުހުރެ، ގެއިން ބޭރުކޮށްލެވިފައި“

    0 shares
    Share 0 Tweet 0
  • އިންތިޚާބު ބޯމަތިވީމަ ފްލެޓް ދޮންބެއާއި، ބަފާބެއާއި، މައިދައިތައާއި ހިވަނީ އެހެންކަމެއްހެން: މޫސަ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In