ކޮވިޑް-19 އަށް ކުޅުދުއްފުށިން އިތުރު 02 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ކުޅުދުއްފުށިން މިއަދު ޕޮޒިޓިވްވެފައިވަނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެ އަންހެނުންނެވެ.
ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ހޯމް ކަރަންޓީނުގެ މުއްދަތު ފެށި މި ދެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ 14 ދުވަސް ހަމަވުމާއެކު ނެގި ސާމްޕަލްގެ ޓެސްޓުގެ ނަތީޖާއިންނެވެ.
މި ގޮތުން އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 06 އަށް އިތުރުވެފައެެ.
މީގެ ކުރިން ވެސް އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އޭގެ އިތުރުން “ފާޅު“ ބޯޓުގެ ކައްޕިގެ އިތުރުން އެ ބޯޓުގެ ދެ ފަޅުވެރިންނާއި އެ މީހުންނާއި ކޮންޓެކްޓްވެފައިވާ މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.