އައްޑޫ ސިޓީގައި ޤާއިމުކުރަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތްކުރަން އިންޑިއާއިން އެ ސިޓީއަށް ދިޔަ 53 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ މީހުންނާއި ކޮންޓެކްޓްވި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މި ގޮތުން ޕޮޒިޓިވްވެފައިވަނީ ބިދޭސީއެއް ކަމަށާއި އެ މީހާއަކީ މީގެ ކުރިން ޕޮޒިޓިވްވި 53 މީހުންގެ ބައެއް ކަންކަން ބަލަހައްޓަން އުޅުނު މީހެއްކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އައްޑޫ ސިޓީގައި ޤާއިމުކުރަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތްކުރަން އިންޑިއާގެ 128 މީހުން ދިޔަ ނަމަވެސް އޭގެތެރެއިން 53 މީހަކު ޕޮޒިޓިވްވެފައިވާއިރު އެ މީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހު އެ މީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަވުމާއެކު ނެގި ސާމްޕަލްގެ ނަތީޖާއިންނެވެ.