ރޭގެ ވަގުތެއްގައި މަސްތުގެ ހާލަތުގައި ހުރި މީހަކު މާލޭގެ މަގެއްގެ މައްޗަށް ވެއްޓިފައި އޮތުމާއި ގުޅިގެންނާއި އެއަށްފަހު އެ މީހާގެ ޢަމަލުތައް ހުރިގޮތާއި ފުލުހުންގެ ޢަމަލުތައް ހުރި ގޮތާމެދު ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ރޭ ބުނި ގޮތުގައި މަސްތުގެ ހާލަތުގައިވާ މީހާ ހައްޔަރުކުރީ މަގުމައްޗަށް މީހަކު ވެެއްޓިފައި އޮތްކަމުގެ މަޢުލޫމާތު ލިބިގެން އެ ތަނަށް ގޮސް ބެލިއިރު އެއީ މަސްތުގެ ހާލަތުގައިވާ މީހެއްކަމަށް ބެލެވޭތީ ކަމަށެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން އެ މީހާ ގާތުގައި ހުއްޓި ތިބިއިރު، ކާލިއަޅައަޅައި ހުރި އެ މީހާ ވަނީ ކޯޓުތައް ކޮންޓުރޯލް ކުރުމުގެ ބާރުލިބިފައިވާ ކަމަށް ބުނެ ދީނަށް ހަޖޫ ޖަހާފައެވެ. ނަމަވެސް ފުލުހުން ހަނުތިިިބި މަންޒަރު ފެނިގެންދިޔައެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޓެގްކުރައްވައި ޢަލީ ރަމީޒު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މީހާ ހައްޔަރުނުކޮށް ފުލުހުން ”އަނގަނަގައިގެން“ އެ ތިބެނީ ކޮން ހިސާބަކުން ކޮން އޯޑަރެއް އަންނަންދެންތޯ ސުވާލުކުރައްވާފައެވެ.
އޭގެ އިތުރުން ޢަލީ ރަމީޒް ވަނީ، ބަނގުރާ ބޮއިގެން ދީނަށް ފުރައްސާރަކޮށް، ރާއްޖޭގެ ޤާނޫނަށް އޭތިމީތި ގޮވާއިރު އެ އިންޑިއާ ޝައިޠާނުގައިގާ އަތްލުން މަނަލީތޯ ވެސް ސުވާލު ކުރައްވާފައެވެ.
މި މައްސަލައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.
100%vaahakaeh ali mi gahdaarun ge kibain salaamah vaane
In sha allah
mi thanah ais thi kofigathee kaley ves dhen thee kaaku vaki
Kobaa ilmuverin againnubune thibeneetho
Mi. Faalhuveeamekka maa varigadha dhenne shaikheh. Ali tameez. Midgen kaamu