ކުޑަ ކުއްޖަކަށް ޖިންސީ ގުނަވަން ދެކި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާއި ގދ. ނަޑެއްލާ / ރަބީއީމަންޒިލް، މުހައްމަދު އަޖްނާޒު 3 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
މައްސަލަ ބެލުމަށްފަހު އެ ދައުވާ އަޖްނާޒުގެ މައްޗަށް ސާބިތު ނުވާ ކަމަށް ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށް މައްސަލަ ނިންމިއެވެ.
ނަމަވެސް ޕީޖީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން އަޖްނާޒު އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް، މިމައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށް، މި މައްސަލަ ނިންމީ ކަމަށް ހައިކޯޓުން ހުކުމްގައި ވެއެވެ.
2016 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 19 ވަނަ ދުވަހު 2:00 ގައި އުމުރުން 12 އަހަރުގެ ކުއްޖަކަށް އަޖުނާޒުގެ ކުރިމަތި ފަރާތް ދައްކާފައިވާކަމަށް ބަޔާންކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި، ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ދެއްކުމުގެ ކުށުގެ ދައުވާއެކެވެ.