މާދަމާ މުދަލު ޒަކާތުގެ ފައިސާ ބަހަން ނިންމާފައިވާަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިކަން ހާަމަކޮށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގަި މި އަހަރު މުރާޖަޢާކުރި ލިސްޓުގައި 11514 މީހަކު ހިމެނޭކަމަށެވެ.
އެ ގޮތުން މާދަމާއިން ފެށިގެން މުދަލު ޒަކާތުގެ ފައިސާ ބަހަން ނިންމާފައިވާަމަށާއި ކޮންމެ މީހަކަށް 2000 ރުފިޔާ ލިބިގެންދާނެކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
އެހެންކަމުން އެ ފައިސާ އެކައުންޓުތަކަށް ޖަމާކުރުމުގެ މަސައްކަތްތައް މާދަމާ ފަށާނެކަމަށް ވެސް މިނިސްޓަރު ޒާހިރު ވަނީ ވިދާޅުވެފައެވެ.