ހޮނިހިރު, ފެބްރުއަރީ 27, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ރާއްޖެ އެމްވީ ގައި ލިޔެ ފަތުރަމުން ގެންދަނީ ދޮގު ހަބަރެއް – އިދިކޮޅު

މުހައްމަދު ރީޚާން ލިޔުނީ: މުހައްމަދު ރީޚާން
އޮކްޓޯބަރ 3, 2020
ޚަބަރު
0
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރ.އަތޮޅު ބައްދަލުވުން ބާއްވައިފި

”ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އިންޑިއާގެ އެހިއަށް އެދެނީ“ ކަމަށް ބުނެ، ރާއްޖެ އެމްވީ ގައި ލިޔެ ފަތުރަމުން ގެންދާ ޚަބަރުތަކާއި ޢެ ޚަބަރުގައި ލިޔެފައިވާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ADVERTISEMENT

ރާއްޖެ އެމްވީ އިން ބުނެފައިވަނީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ހުށަހެޅުމަށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި މަޝްވަރާ ކުރުމަށް އިންޑިއާ އެންބަސީއަށް ދާން ނިންމެވި ކަމަށާއި، އަދި އެކަމަށް ލީޑަޝިޕުން ތާއީދުކުރި ކަމަށް ވެސް ރާއްޖެއެމްވީ އަށް މައުލޫމާތުދިން ފަރާތަކުން ބުނެފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އިންޑިއާގެ އެހިއަށް އެދެނީ ކަމަށް ބުނެ، ރާއްޖެ އެމްވީ ގައި ލިޔެ ފަތުރަމުން ގެންދާ ޚަބަރުތަކާއި ޢެ ޚަބަރުގައި ލިޔެފައިވާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އަދި އެއްވެސް މިންވަރަކަށް ކަމުގެ ޙަޤީޤަތް ހޯދުމެއް ނެތި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މި ކޯލީޝަން ގެ އަގު ވައްޓާލާ ސިޔާސީ ފައިދާއެއް ނެގުމަށް ލިޔެފައިވާ ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން، އެ ޚަބަރުގައި ބުނާފަދަ ކޮންފަރަންސް ބައްދަލުވުމެއް މިކޯލިޝަންގެ ލީޑަރޝިޕުން ބާއްވާފައި ނުވާއިރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމާމެދު އިންޑިއާގެ އެމްބަސީއަށް މަޝްވަރާ ކުރުމަށް ދިއުމާމެދު މިކޯލިޝަންގެ ލީޑަރޝިޕްގެ ތެރޭގައި އެއްވެސް ގޮތަކުން މަޝްވަރާ ކުރެވިފައެއް ނުވާނެކަމަށާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިވަގުތު ޖަލުގައި ހައްޔަރުކުރެވިފައިވަނީ، ޙައްޤު ނޫން ސިޔާސީ ދައުވާއަކުން ކުރެވިފައިވާ ޙުކުމަކުންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަދި އެމަނިކުފާނަކީ، މިވަޠަނުގެ ދިފާޢުގައި ކޮންމެފަދަ ޤުރުބާނީއެއްވެސް ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ވަރަށް ޤައުމީ ބޭފުޅެއްކަންވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެހެންކަމުން، އެމަނިކުފާނުގެ އަމިއްލަފުޅު މުހުތާދެއް ފުއްދެވުމަށް ޤައުމަށް ޣައްދާރުވެވަޑައެއް ނުގަންނަވާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި އިތުރައް ބުނެފައިވަނީ،  ސަރުކާރުން ދިވެހި ރައްޔިތުންނަށް ޣައްދާރުވެ، ނާޖާއިޒްގޮތުގައި މަންފާ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިކޯލިޝަންގެ އަގުވައްޓާލަން ސަރުކާރާއި ގުޅިގެން ރާއްޖެ އެމްވީ އިން ކުރަމުން ގެންދާ ސިޔާސީ މަސައްކަތްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އެކޯލިޝަނުގެ ފަރާތުން ގޮވާލާ ކަމަށެވެ.

ބަޔާން ނިއްމާލަމުން އެކޯލިޝަނުން ބުނެފައިވަނީ،  ނޫސްވެރިކަމުގެ ހުދޫދުގެ ތެރެއިން ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް ގޮވާލާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ނިޔާވެއްޖެ

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ނިޔާވެއްޖެ

ފެބްރުއަރީ 27, 2021
ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ

ފެބްރުއަރީ 27, 2021
ޓްރެވަލް އެޖެންސީ ހިންގަން އޮފީހެއް ހުރުން ލާޒިމެއް ނޫން- ޓޫރިޒަމް މިނިސްޓްރީ

ޓްރެވަލް އެޖެންސީ ހިންގަން އޮފީހެއް ހުރުން ލާޒިމެއް ނޫން- ޓޫރިޒަމް މިނިސްޓްރީ

ފެބްރުއަރީ 27, 2021
ޑޮލްފިން ކެފޭ އާއި އިންވެގެން ހުރި ގުދަންތައް ހުސްކުރަން އަންގައިފި

ޑޮލްފިން ކެފޭ އާއި އިންވެގެން ހުރި ގުދަންތައް ހުސްކުރަން އަންގައިފި

ފެބްރުއަރީ 27, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ކޯވީޑް ވެކްސިން ނުޖަހާ މީހުންނާމެދު ފިޔަވަޅަން ނިންމައިފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In