ކުޅުދުށްފުށިން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ކުޅުދުއްފުށިން ޕިޒިޓިވްވި މީހުންގެ ޢަދަދު ވަނީ 07 އަށް އަރާފައެވެ.
ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ ޢަދަދު ޖުމްލަ 07 އަށް އިތުރުވެފައިވާއިރު އެ ރަށުން ކޮވިޑްގެ ކޭހެއް ފުރަތަމަ ފެންމަތިވެފައިވަނީ ހުސްވިމަހުގެ 25 ވަނަ ދުވަހުގައެވެ.
އެ ގޮތުން ޕޮޒިޓިވްވެފައިވަނީ މާލެއާއި ކުޅުދުށްފުށްޓާއި ދެމެދުގައި ދަތުރުކުރާ ”ފާޅު“ ބޯޓުގެ ކައްޕިއެވެ.
އެއަށްފަހު އެ ބޯޓުގެ ދެ ފަޅުވެރިންގެ އިތުރުން އެ މީހުންގެ ކޮންޓެކްޓަކާއި އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.
މި ކޭސްތަކާއި ގުޅިގެން ކުޅުދުށްފުށި މޮނިޓަރިންގެ ހާލަތަށްގެނައި ނަމަވެސް މިހާރު އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.