އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި ފްރާންސާއި އިޓަލީގައި ފެންބޯޑުވެ ގިނަ ބައެއް ނުރައްކަލުގެ ހާލަތަށް ވެއްޓިއްޖެއެވެ.
މޫސުން ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވަނީ މި ދެ ގައުމަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން 1 އަހަރު ދުވަހު މެދުނުކެނޑި ވާރޭ ވެހުމުން ފެންބޮޑުވުން މި ދެގައުމަށް 1 ދުވަސް ތެރޭ ކުރިމަތި ވެފައި ވާކަމަށެވެ. ވިއްސާރާގެ އަސަރުކޮށް ފެންބޮޑުވެފައި ވަނީ މި ދެގައުމު ގުޅޭ ބޯޑަރު ކާރިއަށެވެ.
މިހާތަނަށް ފެންބޮޑުވުމުގެ ސަބަބުން 2 މީހަކު މަރުވެފައި ވާއިރު 25 މީހަކު ވަނީ ވީނުވީ ނޭނގި ގެއްލިފައެވެ. މީހުން ސަލާމަތް ކުރަން އުޅޭ ފަރާތްތަކަށްވެސް ބޯކޮށް ވިއްސާރަ ވުމުގެ ސަބަބުން ވަނީ މީހުން ސަލާމަތް ކުރުމަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތި ވެފައެވެ. އެހެން ނަމަވެސް ދެގައުމުގެ އަސްކަރީޔާއިންވެސް ބުނެފައިވަ ވަނީ މީހުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް މެދުކެނޑުމެއް ނެތި ކުރަމުން ދާނެ ކަމަށެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާގިތުގައި، މި ދެގައުމަށް ކުރަމުންދާ ވިއްސާރާގެ ސަބަބުން ކޯރުތައް ފުރި ފެންބޮޑުވުމުން މިހާތަނަށް ގިނަ ގެތަކެއް ވަނީ ވެއްޓިފައި ކަމަށާއި، ބައެއް ސަރަހައްދު ތަކުގެ ފާލަންތަށްވެސް ވެއްޓިފައި ވާކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހުން ފެށިގެންދާ ކުރަމުންދާ ވިއްސާރާގައި މިހާތަނަށް ފްރާންސާއި އިޓަލީ ގުޅުނު ސަރަޙައްދަށް 630 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އާންމު ގޮތެއްގައި އެއް އަހަރު ތެރޭގައި ވާރޭވެހޭ މި މިންވަރަށް އެ ސަރަޙައްދަށް ވާރޭވެހިފައި ވަނީ އެންމެ ރެއެއްގެ ތެރޭގައި ކަމަށްވެސް އިދާރާތަކާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
މީގެ އިތުރުން އިދާރާތަކުން ބުނެފައިވަނީ މިއީ 1958 ވަނަ އަހަރަށް ފަހު މިހާވަރަށް ވިއްސާރަ ކުރާ ފުރަތަމަ ފަހަރު ކަމަށާއި، ވިއްސާރައިގެ ސަބަބުން މި ސަރަހައްދު ތަކުގެ އޮފީސްތަކާއި ސުކޫލްތައް ވަގުތީގޮތުން ބަންދުކޮށްފައި ވާކަމަށެވެ.