މަސްތުވާތަކެތީގެ ސަޕްލައިކުރުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު ޑީލަރުންނަށް ނުލިބެނީ މި ސަރުކާރުން އެފަދަ މީހުންނަށް ހިމާޔަތްނުދޭތީކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެެއެވެ.
އިމްރާން މިހެން ވިދާޅުވެފައި މިވަނީ ހޮނިހިރުދުވަހު އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި 80 ކިލޯއަށްވުރެ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ދަނޑިވަޅެއްގައެވެ.
މި މައްސަލައާއި ގުޅިގެން އައްޑޫ ސިޓީގެ ބޮޑު ޑީލަރެއްގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ޤާސިމް(ބޮންޑާ) އާއި އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފައިވެއެވެ.
މި ގޮތުން މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވުމުގެ ސިއްރަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ބޮޑެތި ޑީލަރުންނަށް ސިޔާސީ ހިމާޔަތް ނުދިނުން ކަމަށެވެ.
އޭގެ އިތުރުން ލިބުނު ކާމިޔާބީ ފާހަގަކުރައްވައި އިމްރާން ވަނީ 88 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ
ފުލުހުންގެ އެކި ފަންނުތަކުގެ, ޚާއްސަކޮށް ޑީއީޑީގެ ހުނަރާއި ޤާބިލުކަން ބޭނުންކޮށްގެންކަމަށް ވިދާޅުވެފައެވެ.