”ޖުޑީޝަލް ޓޯލްކް“ ގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާކަމަށް ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ބުނެފިއެވެ.
ފަނޑިޔާރުންގެ ޖަމްޢިއްޔާއިން މިއަދު ބުނީ ޝަރީޢަތް ކުރުމުގެ އިޖުރާއަތުތައް އެއްގޮތް ކުރުމަށްޓަކައި ފަނޑިޔާރުންގެ މެދުގައި ތަޖުރިބާއާއި މަޢުލޫމާތު ހިއްސާކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ”ޖުޑީޝަލް ޓޯލްކް“ ގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާ ކަަމަށެވެ.
ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ހާމަކުރާގޮތުގައި މ ބައްދަލުވުން ބާއްވާފައިވަނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވަނީ ”ބިމާބެހޭ ޤާނޫނުގެ ދަށުން ކުރެވޭ މުޢާމަލާތްތަކުގެ މައްޗަށް ޝަރީޢަތުން ޢަމަލުކުރާ ގޮތްތައް“ މި މަޢުޟޫޢުގެ މައްޗަށްކަމަށް ވެސް ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ބުނެއެވެ.
ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ ކުރިއަށްގެންދެވި މި ބައްދަލުވުން ދެ ގަޑިއިރަށް ދިގު ދެމިގެންގޮސްފައިވާއިރު 50 އަށްވުރެ ގިނަ ފަނޑިޔާރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.