އިންސާނީ ވަގުފާރިއާ ގުޅޭގޮތުން މީޑިއާ ހޭލުންތެރިކުރުމުގެ ގޮތުން ވެބިނަރ އެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ މި ވެބިނަރއަކީ ކުރިއަށް ގެންދިޔަ ވެބިނަރއެކެވެ.
ފުލުހުން ބުނީ މި ވެބިނަރގައި ހިއުމަން ޓްރެފިކިންނަކީ ކޮބައިކަމާއި ހިއުމަން ސްމަގްލިންނަކީ ކޮބައިކަމާއި އަދި ހިއުމަން ޓްރެފިކިންނާއި ހިއުމަން ސްމަގްލިންގެ ތަފާތުތަކާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މީގެއިތުރުން މިވެބިނަރގައި މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން ވެބިނަރގައި ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.
ވެބިނަރގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައި ވަނީ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަވީދު މޫސާއެވެ.