އެތެރެހަށީގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަންއުޅުނު 05 މީހަކު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މި ކަން ހާމަކޮށް ކަސްޓަމްސްއިން މިރޭ ބުނީ އެތެރެހަށީގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަންއުޅުނު 05 މީހުންގެތެރެއިން 04 މީހުންނަކީ ޕާކިސްތާނުގެ މީހުންކަމަށެވެ. އަދި އެ މީހުން ރާއްޖެ އައިސްފައިވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.
މި ގޮތުން އެ 04 މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އަޅާފައިހުރި 81 ބްލެޓް ފެނިފައިވާކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
ރާއްޖެއައި އައި މި ހަތަރު މީހުންގެ ހަށިގަނޑުގައި ހުރީ މަސްތުވާތަކެތީގެ ބާވަތެެއްކަމަށްވާ ހެރޮއިން ކަމަށާއިި އެ ތަކެތީގެ ބަރުދަނުގައި 791 ގުރާމު ހުރި ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.
މި ހަތަރު މީހުންގެ އިތުރުން ފަސްވަނަ މީހާއަކީ ކެންޔާގެ އަންހެނެއް ކަމަށާއި އޭނާ ރާއްޖެއައީ ސެޕްޓެމްބަރު 29 ގައި ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ. އަދި އެ މީހާގެ ހަށިގަނޑުން މަސްތުވާތަކެތި އަޅާފައިހުރި 53 ބްލެޓް ފެނިފައިވާކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.
މި ގޮތުން އެ މީހުންގ އަތުން އަތުލެވުނު މަސްތުވާތަކެތި ވަނީ މި މައްސަލަ ތަޙުޤީޤުކުރުމަށްޓަކައި ފުލުުހުންނާއި ހަވާލުކޮށްފައިކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.