ލ.ގަމުގެ ކަށިކޮލުގައި ކޭމްޕްޖަހައިގެން ތަމްރީންތަކެއް ފުރިހަމަކުރައްވަމުން ގެންދެވި ސިފައިންގެ ބޭކަލުންގެތެރެއިން އިތުރު 09 ސިފައިން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ ޢާންމުކުރި ތަފާސް ހިސާބުތަކުން އެކަން ކަށަވަރުކޮށްދެއެވެ.
ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނާގޮތުގައި މި މަހުގެ 01 ވަނަ ދުވަހުގެރޭ 93 ސިފައިންގެ ބޭކަލުންގެ ސާމްޕަލް ނަގާފައިވެއެވެ.
އެ ގޮތުން އިއްޔެ ވަނީ އޭގެތެރެއިން 26 ސާމްޕަލް ޕޮޒިޓިވްވެފައެވެ. ނަމަވެސް މިއަދު 09 ސާމްޕަލް ޕޮޒިޓިވްވެ ޖުމްލަ ޢަދަދު ވަނީ 35 އަށް އިތުރުވެފައެވެ.