ބޮލީވުޑްގެ މަޝްހޫރު ތަރި ތަމަންނާ ބާޓިޔާ ކޮވިޑް ނަވާރައަށް ފައްސިވެއްޖެއެވެ.
ފަހުގެ ރިޕޯތްތައް ބުނާ ގޮތުގައި ތަމަންނާގެ ގައިން ކޮވިޑްގެ ނަވާރައިގެ އަލާމާތްތައް ފެންނަންފެށީ ހައިދަރް އާބާދުގައި ފިލްމްއެއްގެ ޝޫޓިން ކުރިއަށް ގެންދަނިކޮށެވެ.
އެހާ ހިސާބުން އޭނާ ހޮސްޕިޓަލަށް ގެންގޮސްވަނީ ކޮވިޑް ނަވާރައަށް ޓެސްޓުކޮށްފައެވެ. އަދި ތަމަންނާ ފައްސިވުމާއި ގުޅިގެން އޭނާގެ މައިންބަފައިން ވެސް ވަނީ ކޮވިޑްއަށް ޓެސްޓުކޮށްފައެވެ. އަދި އޭނާގެ މައިންބަފައިިންވެސް ކޮވިޑްއަށް ފައްސިވެފައިވާޚަމށް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުންވެސް ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިންނެއް ވަނީ ކޮވިޑް ނަވާރަ އަށް ފައްސިވެފައެވެ. އެގޮތުން އައިޝްވާރިޔާ ގެ މުޅި އާއިލާ ކޮވިޑް ނަވާރައަށް ފައްސިވި އިރު މަޝްހޫރު ހިންދީ ފިލްމް ކަސައުޓީ ޒިންދަގީގެ އަނޫރާގް ބާސޫވެސް ވަނީ ކވިޑްއަށް ފައްސވެފައެވެ.
އިންޑިއާ ވެފައިވަނީ ތިން ވަނައަށް ދުނިޔެއިން އެންމެ ގިނަ ކޮވިޑް ކޭސްތައް ފެނުން ގައުމަށެވެ.