ބޮލީވޫޑްގެ މަޝްހޫރު ކޮރިއޮގްރަފާ އެއް ކަމަށްވާ ރެމޯ ޑެ ސޫޒާ އަދި ސަލްމާން ޔޫސުފް ޚާން ގޯއާ ގައި ދެ ފުރޮޅުލީ ސައިކަލްއެއް ދުއްވަނިކޮށް އެ މީހުންގެ ސައިކަލް ތައް ހިފަހައްޓައިފިއެވެ.
ދެފުރޮޅުލީ އުޅަނދު ދުއްވުން މަނާ ސަރަހައްދެއްގައި މި ދެމީހުން ސައިކަލް ދުއްވާފައި މިވަނީ ގޯއާ އަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުމުގެ ތެރޭގައެވެ.
އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހު ގޯއާ ގެ ޕަނަޖީ ސަރަހައްދުގައި ރެމޯއާއި ސަލްމާން ސައިކަލް ދުއްވާ މަންޒަރުގެ ވީޑިއޯއެއްވެސް ވަނީ އާންމު ވެފައެވެ. މީގެ އިތުރުން އެމީހުންނާއި ޝަކްތީ މޯހަންވެސް ވަނީ ބައިވެރިވެފައެވެ.
މި ވޯޑިއޯ ވައިރަލް ވުމާއިއެކު، އާންމުންގެ ސަމާލުކަން އައިސް ކަލަންގޫޓްގެ ޕޮލިހުންގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.
ރިޕޯތްތައް ބުނާގޮތުން ދހެ ފުރޮޅުލީ އުޅަނދު ދުއްވުން މަންޑޯވީ ރިވާ ބްރިޖްގައި ވަނީ މަނާކޮށްފައެވެ. އެއީ އެތަނުގެ ވައި ބާރު ވުމުގެ ސަބަބުންނެވެ.
އެ ވީޑިއޯ އާންމު ވުމާއި އެކު އާންމުން ވަނީ އެއީ ރެމޯގެ ފަރާތުން ފެނިގެންދިޔަ ވަރަށް ނާތަހުޒީބު އަމަލެއްކަމަށް ބުނެ އޭނާއަށް ފާޑުކިޔާފައެވެ.