ހއ.ހޯރަފުށީ އެއަރޕޯޓަށް ވަކިން އަރައިފޭބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވަނީ ހޯރަފުށީ އެއަރޕޯޓަށް އަރައިފޭބޭނެ ގޮތެއް އަތޮޅުގެ ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށް ވަކިން ފާލަމެއް އެޅުމާމެދު ސަރުކާރުގެ ވިސްނުންހުރީ ކިހިނެއްތޯ ސުވާލުކުރައްވާފައެވެ.
މި ސުވާލުގެ ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވަނީ އެއަރޕޯޓަށް ވަކިން އަރައިފޭބޭނެ އިންތިޒާމު އަތޮޅުގެ ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށް ވަކިން ފާލަމެއް އަޅަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
އެމްޓީސީސީއާއި ހަވާލުކޮށްގެން ތަރައްޤީކުރަމުން އަން ހޯރަފުށީ އެއަރޕޯޓުގެ ބޮޑުބައެއް ނިމިފައިވާއިރު
ހއ.އަތޮޅު ކައުންސިލްގެ ރައީސް ވަނީ ވަކިން ފާލަމެއް އެޅުމަށް ސަރުކާރުގައި އެދިލެއްވީ ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވެ ދަތުރު ދިގުވާތީކަމަށާއި އެ ގޮތުން ވަކިން ފާލަމެއް އަޅައި އެއަރޕޯޓަށް އަރައިފޭބޭނެ ތަނަވަސްގޮތެއްވެއްޖެނަމަ އެ ކަންކަމަށް ހައްލެއް ލިބިގެންދާނެކަމަށް ވެސް ބުނުއްވާފައެވެ.