ހުކުރު, ފެބްރުއަރީ 26, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

އަހަރަކު އެއްފަހަރު މުދައްރިސުންގެ އަގު ވަޒަންކުރަމޭ ބުންޏަސް ޤަބޫލެއްނުކުރެވޭ: މުދައްރިސާއެއް

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
އޮކްޓޯބަރ 5, 2020
ރިޕޯޓް
0
އަހަރަކު އެއްފަހަރު މުދައްރިސުންގެ އަގު ވަޒަންކުރަމޭ ބުންޏަސް ޤަބޫލެއްނުކުރެވޭ: މުދައްރިސާއެއް

މުދައްރިސަކު ކިޔަވައި ދެމުންދާ މަންޒަރު | ފޮޓޯ: ސޯޝަލްމީޑިއާ

ތެދުފުޅެކެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވިފަދައިން، މުދައްރިސުންނަށް އަދާކުރަންޖެހިފައިވާ ޝުކުރުގެ ދަރަނި ނުހަނު ބޮޑެވެ. އެހެނީ މުދައްރިސުންނަކީ ޤައުމު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބޭފުޅުންނެވެ. މިއަދުގެ ދަރީންގެ ދެވަނަ މައިންބަފައިންނެވެ. އެ ދަރީން ތަރުބިއްޔަތުކުރާ މުރައްބީންނެވެ.

ADVERTISEMENT

ނަމަވެސް މުދައްރިސުންގެ އަގު ވަޒަންކުރުމަކީ ހަމަ އެންމެ ދުވަހަކު ކުރަންޖެހޭކަމެއް ނޫނެވެ. ނުވަތަ އެ ބޭފުޅުން އެ ކުރައްވާ މަސައްކަތްތަކުގެ އަގު އަދާކުރަންޖެހެނީ މިއަދަކު ނޫނެވެ.

އާދޭހެވެ. މި އަހަރުގެ މުދައްރިސުންގެ ދުވަސް ވެސް މި ފެންނަނީއެވެ. ފަށުވި ޢިބާރާތްތަކުން ތަޢުރީފުގެ ބަސްތައް އިއްވަމުން އެހެރަ ގެންދަވަނީއެވެ. އަޅުގަނޑު އެއްބަހެވެ. މުދައްރިސުންނާއި މުދައްރިސާއިން އެ ކުރައްވާ ޚިދުމަތްތަކަށް ތަޢުރީފުގެ ޖުމްލައެއް އަތުރައިލުމަކީ ވެސް ނެތްކަމެއްނޫނެވެ. ނަމަވެސް އެ ކުރާ ތަޢުރީފާއި އެއްގޮތަށް ޢަމަލީ ގޮތުން އެކަމުގެ އަގު ވަޒަންކުރުން ލާޒިމެވެ. އެހެނަސް ހަމައެކަނި ހުދުގަނޑެއްގައި ކަޅުކުލައިގެ ދެލިން ލިޔެލާ ލަފުޒުތަކަކުން އަތުރައިލާ ޖުމްލައަށްވެގެން ނުވާނެއެވެ.

އެހެންކަމުން މުދައްރިސުންގެ ޙައްޤުތައް ހޯއްދަވައި ދެއްވާށެވެ! އަޅުގަނޑު އިސްވެ ދެންނެވި ފަދައިން ހަމައެކަނި މިއަދު ވިދާޅުވާ ބަހަކަށް ނުހައްދަވާށެވެ!

އަޅުގަނޑު ޤަބޫލުކުރަމެވެ. ދުނިޔޭގެ ހާލަތު މިވަނީ ބަދަލުވެފައެވެ. އިޤުތިޞާދު ހީނަރުވެ އިނދަޖެހިފައެވެ. ބޭރު ފައިސާ ވަންނަވަރު މަދުވެ ކުރަންޖެހޭ ޚަރަދު އެތައް ގުނައަކަށް އިތުރުވެފައެވެ. ހަމައެއާއެކު ސަރުކާރަށް ލިބޭ އެހީއަކަށް ވާގޮތެއް ވެސް ނޭނގެއެވެ. ލިބޭ އެއްޗެއް އޮންނަކަމަކަށް ވެސް ނުހަދައެވެ. ނަމަވެސް ހާމަވާކަމަކީ ސަރުކާރުގެ ކޮންމެވެސް މުޢައްސަސާއަކުން ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާކަމެވެ.

އާދޭހެވެ. މި ދަތި ދަނޑިވަޅުގައި ޤައުުމުގެ މުސްތަޤުބަލަށް އަލިކޮށްދޭ ވޮށްތަކެއްފަދަ މުދައްރިސުންގެ ޙައްޤުތަކެއް ނިގުޅައިގަތުމަކީ އެއްވެސް މީހަކަށް ބަލައިގަނެވޭނެކަމެއްނޫނެވެ.

އަންނަނިވި ވާހަކަތައް އަޑުއައްސަވައި ލެއްވުން ކީއްތޯއެވެ. އެއީ ވެސް މި ދަތި ހާލަތުގައި މި ޤައުމަށް ޚިދުމަތްކުރައްވަމުން ގެންދަވާ މުދައްރިސާއެއްގެ ޝުޢޫރުތަކެވެ.

”ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި, ވަޒީފާގެ މާހައުލު ވެސް ވަރަށް ދަތި. ނިއުނޯމަލްއަށް އައުމުގެ ކުރިން ހަތަރު މުދައްރިސުން އެއް މޭޒެއްގަ. މިހާރު އެކި ބޭފުޅުން އެކި ތަނުގަ. އެކި ރޫމްތަކުގަ މަސައްކަތްކުރައްވަނީ. ނުވިތާކަށް ކޮންމެދުވަހަކު އަމިއްލަ ލެޕްޓޮޕް ކޮނޑަށްލައިގެން ގޮސް އޭގެން މަސައްކަތްކުރަން ޖެހެނީ. ޕްރިންޓެއް ނަގަންވިޔަސް ދާންޖެހެނީ އެހެން ރޫމަކަށް.

ހެލްތު މިނިސްޓްރީން ކުރަންޖެހޭ ކަންތައް( ފަނީ ބޭސްދިނުންފަދަ އެތައްކަމެއް) ނުކުރެވޭ. އޭގެ އިތުރުން ސްވިމިންގ އެސޯސިއޭޝަނުން ކުރާ ކަންތައް. ސްޕޯޓްސް މިނިސްޓްރީން ކުރާ ކަންތައް. ޖެންޑަރ މިނިސްޓްރީން ކުރާ ކަންތައް. އަދިވެސް، އަދިވެސް… މިއިން އެއްކަމެއްވެސް ޓީޗިންގ ކޯހުގަ ކިޔަވައިދޭ އެއްޗެއްނޫން. ފަތަން ނޭނގުނަސް ޓީޗިންގ ސެޓްފިކެޓްދޭ. އެކަމު ޓީޗަރަކަށް ވީމަ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން ވެސް ދާންޖެހޭ.

ގެއަށް ގޮސްފައިވެސް ސްކޫލުގެ މަސައްކަތްކުރަންޖެހޭ، އަބަދު އޮންލައިންގަ. އަބަދު އޮން ކޯލްގަ. އިރުއިރުކޮޅާ ސްކޫލުން ބުނާނެ މީޓިންގ އެއް އޮންނަ ވާހަކަ. ޕޭރެންޓުންނަށް ކޮންމެވެސް އެންގުމެއް. ނޫނީ އިރުއިރުކޮޅާ ޕޭރެންޓަކަށް ޖަވާބުދާރީވާން ވެސްޖެހޭ.

އޮންލައިން ކިލާސްތަކާއި ޓެލިކިލާސް ނަގަމުން އަދި ފިޒިކަލް ކިލާސްތައް ނަގަމުން އިތުރު ހަރަކާތްތައް އޮންލައިން މި ކުރަނީ އަމިއްލަ ތަކެތިން.

ވަރަށް ވަރަށް ވަރަށް ބުރަ. ލިބޭ މުސާރައާއި ކުރާ ނުބައްދަލު މަސައްކަތްކުރަންޖެހޭ. މާސްޓަރ ހެދީމަވެސް ހުރިހާ އެއްޗަކަށް އެއްކޮށް ޖުމްލަ 14000 ލިބެނީ.

ކަންހުރީ މިހެން، ވީމާ ކޮންމެ އަހަރަކު އެއް ދުވަހު، މުދައްރިސުން ބުރަކޮށް މަސައްކަތްކުރެއޭ އެ މީހުންގެ އަގު ވަޒަންކުރަމޭ ބުންޏަސް އެއީ ޤަބޫލުކުރެވޭނެ ކަމެއްނޫން“

އާދޭހެވެ. ކޮންމެ އަހަރަކު އެއް ދުވަހު، މުދައްރިސުން ބުރަކޮށް މަސައްކަތްކުރެއޭ އެ ބޭފުޅުންގެ އަގު ވަޒަންކުރަމޭ ވިދާޅުވިޔަސް އަޅުގަނޑެއް ވެސް ޤަބޫލެއް ނުކުރަމެވެ.

ޤައުމު އިސްކުރައްވާށެވެ! ޤައުމުގެ ފާގަތިކަމަށް އެދޭނަމައެވެ.

ގުޅުންހުރި ލިޔުންތައް

މީގެ ބަރާބަރު 10 އަހަރުކުރިން މިއަދުގައި ރައީސް ނަޝީދު

މީގެ ބަރާބަރު 10 އަހަރުކުރިން މިއަދުގައި ރައީސް ނަޝީދު

ފެބްރުއަރީ 25, 2021
އެ އަޑު ސާދާކަމާ ފުރިހަމަ ކަމުގައި އެތައްބަޔަކު ޖައްސާއި، އެހުންތެރިގެން ހިތްތަކުން ޖާގަ ހޯދާފައިވާ ނަމޫނާ ކަނބަލެއް!

އެ އަޑު ސާދާކަމާ ފުރިހަމަ ކަމުގައި އެތައްބަޔަކު ޖައްސާއި، އެހުންތެރިގެން ހިތްތަކުން ޖާގަ ހޯދާފައިވާ ނަމޫނާ ކަނބަލެއް!

ފެބްރުއަރީ 19, 2021
އުންމީދީ ޒުވާނެއް ނަމަވެސް އަންހެން ކުއްޖެއްގެ މައްސަލާގައި މި ދުނިޔެއާއި ވަކިކޮށްލައިފި….

އުންމީދީ ޒުވާނެއް ނަމަވެސް އަންހެން ކުއްޖެއްގެ މައްސަލާގައި މި ދުނިޔެއާއި ވަކިކޮށްލައިފި….

ފެބްރުއަރީ 13, 2021
މަގޭ ހިޔާލު: ރައްޔިތުންގެ މަޖިލިސް (މިނިސްޓްރީ އޮފް އުފަލާއި އަރާމު)

މަގޭ ހިޔާލު: ރައްޔިތުންގެ މަޖިލިސް (މިނިސްޓްރީ އޮފް އުފަލާއި އަރާމު)

ފެބްރުއަރީ 11, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ގެމަނަފުށި: ކުލާހުގައި ތިއްބައި ރޫޙާނީކަމެއް ދިމާވުމުން 06 ދަރިވަރަކަށާއި، މުދައްރިސަށް ފަރުވާދެނީ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In