ގދ. ތިނަދޫގައި ތަރައްޤީ ކުރަމުން އަންނަ ކޯވިޑް ފެސިލިޓީ ސައިޓަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ޒިޔާރަތް ކުރައްވައިފިއެވެ.
މިނިސްޓަރު ފައްޔާޒާއި މިނިސްޓަރު މައުސޫމް މި ސައިޓަށް ޒިޔާރަތް ކުރެއްވީ ކޮވިޑް ފެސިލިޓީ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައި ލެއްވުމަށް ކަމަށް މި އިމާރާތުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ފާހަގަ ކުރެއެވެ.
މި ޕްރޮޖެކްޓުގެ %45 މަސައްކަތް ވަނީ މިހާރު ވަނީ ނިމިފައެވެ. އަދި 14 އޮކްޓޯބަރު 2020 އަށް މި މަޝްރޫއު ނިމޭނެކަމަށް ލަފާ ކުރެވޭ ކަމަށް އެމްޓީސީސީން ހަމަކުރިއެވެ.
ތިނަދޫގައި ކޯވިޑް ފެސިލިޓީ ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
ތިނަދޫ ފެސިލިޓީގައި 15 އައިސޮލޭޝަން އެނދާއި 6 އައިސީޔޫ އެނދު އަދި ޑައިލިސިސް އެނދެއް ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ހަމަކުރިއެވެ.