ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އައް އައްޔަން ކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ޤާސިމް ޢަބްދުލްކަރީމްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވައިފިއެވެ.
މަޖިލީހަށް ރައީސް ޞާލިހު ފޮނުއްވި ސިޓީގައި ވަނީ ހުސްވެފައިވާ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޅ. ނައިފަރު، ނިކަގަސްދޮށުގެ، ޤާސިމް ޢަބްދުލްކަރީމް އެ މަޤާމަށް އައްޔަނު ކުރުމަށް ފޮނުވާ ކަމަށެވެ.
ރައީސް ޞާލިހު ވަނީ އެ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަކަށް ފާސް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި މައްސަލަ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.
ކަސްޓަމަރެއްގެ އެކައުންޓެއްގެ މަޢުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކުށުގައި 8 އަހަރާއި 12 މަހަށް ޤާސިމް ވަނީ މީގެކުރިން ޖަލަށް ލައިފައެވެ.