މިއަދު މެންދުރު 3:20 ހާއިރު ފާމުދޭރި މަގުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އިމާރާތުގެ މަތިން ވެއްޓިފައިވަނީ ބިދޭސީއެއް ކަމަށާއި، އެމީހާ އަށް މެޑިކާ ހޮސްޕިޓަލުގަައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ހަމަކުރެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.