ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައްވައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެމްބަރުން ޢައްޔަންކުރުމަށް، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައްވާފައި ވަނީ އެ ޓްރައިބިއުނަލްގައި މިހާރު ހިމެނިވަޑައިގަންނަވާ 5 މެންބަރުންގެ މަޤާމުގެ މުއްދަތު އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ހަމަކުރެއެވެ.
މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 14ވަނަ ދުވަހުގެ ހެނދުނު 09:30 ހުން މެންދުރުފަހު 12:30ގެ ނިޔަލަށް އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްޙުރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ވެސް ޑައުންލޯޑު ކުރެވޭނެއެވެ.