ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 03 ވަނަ ދައުރުގައި ސަރުކާރުގެ ފަރާތުން 28 ބިލެއް ހުށަހަޅަން ގަސްދުކޮށްފައިވާކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އެޓާރނީ ޖެނެރަލްގެ އޮފީހުން މި އަހަރުގެ 03 ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 28 ބިލެއް ހުށަހަޅަން ގަސްދުކޮށްފައިވާކަމަށް މިރޭ ބުނެފައިވާއިރު, އޭގެތެރޭގައި އަލަށް ހުށަހަޅާ 19 ބިލެއް ހިމެނެއެވެ.
މިގޮތުން މިހާރު ހުރި ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލުތައް:
1.ޓެކްސް ނެގުމުގެ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
2.ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
3.ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނަުއުމުގެ ބިލު
4.އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނަުއުމުގެ ބިލު
5.ރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
6.ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
7.މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
8.ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
9.އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އިސްލާހު ގެނަުއުމުގެ ބިލު
އަލަށް ހުށަހަޅާ 19 ބިލް:
1.ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
2.ޕޭމަންޓް ސިސްޓަމްއާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލު
3.ހެއްކާއި ބެހޭ ބިލު
4.މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އެތޯރިޓީގެ ބިލު
5.ޢާއިލާއާއި ބެހޭ ބިލު
6.ނަފްސާނީ ސިއްހަތުގެ ބިލު
7.މީހުން ސްމަގްލްކުރުން ހުއްޓުވުމުގެ ބިލު
8.ބޯހިޔާވަހިކަމުގެ ބިލު
9.މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު
10.ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު
11.ތަސްނީފްކުރުމުގެ ބިލު
12.ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލު
13.ފޮރިން އިންވެސްޓްމަންޓުގެ ބިލު
14.އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލު
15.އިންސޮލްވަންސީއާ ބެހޭ ބިލު
16.ކާބޯތަކެއްޗާބެހޭ ބިލު
17.ނޭޝަނަލް ރަޖިސްޓްރޭޝަންގެ ބިލު
18.އާންމު ދަތުރުފަތުރުގެ ބިލު
19.އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދުނުމުގެ ބިލު
މި އަހަރުގެ 03 ވަނަ ދައުރުގައި ސަރުކާރުގެ ފަރާތުން, މިހާރު ހުރި ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ 09 ބިލާއި އަލަށް 19 ބިލެއް ހުށަހަޅަން ނިންމާފައިވާއިރު ދެވަނަ ދައުރުގައި 21 ބިލެއް ނިންމައި ފާސްކޮށްފައިވެއެވެ.