އެމެރިކާގެ މައްޝޫރު ލަވަ ކިޔުންތެރިޔާ ރިހާނާ، އިސްލާމް ދީނަށް ހަޖޫ ޖަހުމާއި ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔާ އެލަވަ ނަގަން ގޮވާލަން ފަށައިފިއެވެ.
ރިހާނާ ވަނީ، ނިވާކަން ކުޑަ ހެދުން ލައިގެން އޭނާ ބޭއްވި ފެޝަން ޝޯއެއްގެ ބެކްރައުންޑް މިއުޒިކް އަށް ރަސޫލާގެ ހަދީޡްއެއް ހިމެނޭ ލަވައެއް ލާފައެވެ. އެކަމާއި ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކަމާއި ދެކޮޅަށް ނުރުހުން ފާޅު ކުރަން ފަށާފައެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ، އެއްވެސް ދީނަކަށް ހަޖޫޖަހާ ފުރައްސާރަ ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި، ރިހާނާގެ މި އަމަލަކީ، ލަދުވެތި އަދި މުޑުދާރު އަމަލެއް ކަމަށެވެ.
މީގެ އިތުރުން އެހެން ބައެއ މީހުން ބުނެފައިވަނީ، އެކަމުގެ ސަބަބުން އޭނާއަށް ކުރަމުންދިޔަ އިހުތިރާމް އެއްކޮށް ވެއްޓިފައިވާ ކަމަށާއި، ފާޅުގައި އެކަމަށް މާފަށް އެދެން ޖެހޭނެ ކަމަށެވެ. އަދި ވަގުތުން ވަގުތަށް އެލަވަ ނެގުމަށްވެސް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. މީގެ އިތުރުން ރިހާނާ ވަނީ މީގެ ކުރިންވެސް އިސްލާމް ދީނަށް ފާޅުގައި މަލާމާތް ކޮށްފައެވެ. އެގޮތުން އޭނާ އެފަހަރު ބޭއްވި ފެޝަން ޝޯގައިވަނީ، ނިވާކަން ކުޑަ ހެދުން ލައިގެން ތިބި އަންހެނުން ބުރުގާ އެޅުވުމަށްފަހު ސްޓޭޖްގައި ހިންގުވައިފައެވެ. އެކަމުގެ ސަބަބުންވެސް ގިނަބަޔަކު ވަނީ އޭނާއަށް ނުރުހުމުގެ ބަސްތަށް އަމާޒު ކޮށްފައެވެ.
2003 ވަނަ އަހަރު ލަވަ ކިޔަން ފެށި ރިހާނާ އަށް ފުރަތަމަ ދުވަސްކޮޅު ބޮޑު ތަރުހީބެއް ލިބުން ނަމަވެސް އޭނާގެ ފަރާތުން އިސްލާމް ދީނަށް ހަޖޫޖަހާ ކަންކަން ކުރަން ފެށުމުން އޭނާގެ ތަރުހީބު ވަނީ ބޮޑުތަނުން ދަށަށް ވެއްޓިފައެވެ.