ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނުގައި މަސައްކުރާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހަ ރަށެއް ކަރަންޓީނުކޮށްފިއެވެ.
ހދ.ކުރިނބީއަށް ނިސްބަތްވާ މި ފުލުސްމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ރޭގެވ ވަގުތެއްގައެވެ.
މި ފުލުސް މީހާ ވަނީ ހަ ރަށަކަށް ދަތުރުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ހއ.ބާރަށާއި ހއ.ދިއްދުއާއި ހއ.ހޯރަފުށްޓާއި ހދ.ކުޅުދުށްފުށްޓާއި ހދ.ކުރިނބީއާއި ށ.ފުނަދުއެވެ.
އެހެންކަމުން އެ ހުރިހައި ރަށެއް ވެސް ވަނީ ކަރަންޓީނުކޮށްފައިކަމަށް ޑރ.ނަޒްލާވަނީ ވިދާޅުވެފައެވެ.
މި ކޭސްއާއި ގުޅިގެން ޑރ.ނަޒްލާ ވިދާޅުވީ ކުޅުދުއްފުށިން އިއްޔެ ޕޮޒިޓިވްވި ފުލުސް މީހާ ޕޮޒިޓިވްވެފައިވާ އެހެންމީހަކާއި ބައްދަލުވިކަން އަދި ފާހަގަކުރެއްވިފައިނުވާ ކަމަށެވެ.